ޕްރައިމަރީއާ ނުލައި އެމްޑީޕީގެ ޓިކެޓް 36 ކެންޑިޑޭޓަކަށް!
ޕްރައިމަރީއާ ނުލައި އެމްޑީޕީގެ ޓިކެޓް 36 ކެންޑިޑޭޓަކަށް!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓް ލިބޭ ކެންޑިޑޭޓުން މިއަދު އިއުލާންކޮށްފި އެވެ.

އިދިކޮޅު އެމްޑީޕީން ކުރި އިއުލާނެއްގައިވާ ގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެއް ކެންޑިޑޭޓުން ކުރިމަތިލީ 36 ދާއިރާއަކުންނެވެ.

ޕްރައިމަރީއަކާ ނުލައި ޓިކެޓް ހޯއްދެވި ބޭފުޅުންގެ ތެރޭގައި މިހާރު ވެސް 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ ބައެއް މެމްބަރުން ހިމެނެ އެވެ. އެއީ:

1- އަހުމަދު ސަލީމް- ހޯރަފުށި ދާއިރާ

2- ހުސައިން ޒިޔާދު- ވައިކަރަދޫ ދާއިރާ

3- މުހައްމަދު ރާއީ- މަކުނުދޫ ދާއިރާ

4- އަލީ ރިޒާ- މިލަންދޫ ދާއިރާ

5- މުހައްމަދު ޝާހިދު- ފުނަދޫ ދާއިރާ

6- އިސްމާއީލް އަހުމަދު- ދުވާފަރު ދާއިރާ

7- ޖީހާން މަހުމޫދު- ހިންނަވަރު ދާއިރާ

8- އިކްރާމް ހަސަން- ދިއްގަރު ދާއިރާ

9- ޔައުގޫބު އަބްދުﷲ- ދާންދޫ ދާއިރާ

10- އަހުމަދު ސައީދު- ގެމަނަފުށި ދާއިރާ

11- ހުސައިން މުހައްމަދު ދީދީ- ފުވައްމުލަކު މެދު ދާއިރާ

12- މުހައްމަދު އަސްލަމް- ހިތަދޫ އުތުރު ދާއިރާ

13- އިބްރާހިމް ނާޒިލް- ހިތަދޫ ދެކުނު ދާއިރާ

14- ހުސައިން ޝަމީމް (އަނދުން ހުސައިން) ހެންވޭރު ދެކުނު ދާއިރާ

15- މީކާއިލް އަހުމަދު ނަސީމް- ގަލޮޅު ދެކުނު ދާއިރާ

16- މުހައްމަދު ފަލާހު- މާފަންނު ހުޅަނގު ދާއިރާ

މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބައެއް އިސްވެރިންނަށް ވެސް އެމްޑީޕީގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ވަނީ ލިބިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ތުލުސްދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފަ އެވެ. އޭގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، މައްޗަންގޮޅި މެދު ދާއިރާ އަށް އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ގައްދޫ ދާއިރާގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ހޯއްދެވި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވަން އެ ޕާޓީން ބާއްވާ ޕްރައިމަރީ އަށް ވާދަކުރަން ދިން މުއްދަތު ހަމަވީ މިދިޔަ މަހުގެ 30 ގެ ނިޔަލަށެވެ.