03 ޖެނުއަރީ 2024 - 06:10

ސްރީ ލަންކާގައި މަސްތުވާތަކެއްޗާ ދެކޮޅަށް މީގެ ދެ ހަފްތާ ކުރިން ފެށި ބޮޑު އޮޕަރޭޝަނުގައި އިއްޔެ ވެސް 822 މީހަކު ހައްޔަރުކޮށްފި އެވެ.
އިއްޔެ މެންދުރު 2:00 އަށް ނިމުނުެ 24 ގަޑިއިރު ތެރޭ 800 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވާއިރު ކުރިން ވަނީ 20،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރެއިން 60 މީހެއްގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.
މުޅި އޮޕަރޭޝަންގައި މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ޥާއިރު އެ މީހުންނާ ގުޅުން ހުރި ތަންތަނުގައި އެތައް މިލިއަން ރުޕީސްގެ ޑްރަގްސް ފެނިފައިވެ އެވެ.
އިއްޔެ ވަނީ ޑްރަގް ވިޔަފާރިކުރާ މީހެއްގެ ހޮޓަލެއް ވެސް، ގާނޫނާ ހިލާފަށް ހަދާފައިވާ ކަމަށް ނިންމައި ތަޅާލައިފަ އެވެ. އަދި މި ވިޔަފާރީގައި އުޅޭ މީހުންގެ އަތުން ފެނުނު އަގު ބޮޑު މުދާ ދައުލަތަށް ނަގަން ވަނީ ނިންމައިފަ އެވެ.