02 ޖެނުއަރީ 2024 - 22:03

މާލޭ ޒިކުރާ މިސްކިތަށް ބިސް ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ޒިކުރާ މިސްކިތް ތެރެއަށް ބިސްތަކެއް އަޅާފައިވާ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ ހައްޔަރު ކޮށްފައި ނުވި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޒިކުރާ މިސްކިތަށް ބިސް ޖަހާފައި ހުރިތަން ފެންނަ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
މިފަދަ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. އެގޮތުން މިސްކިތަށް ކުޅު ޖެހުމާއި މިސްކިތުގައި ހުންނަ ހަތިމުތަކަށް ގެއްލުން ދިނުން ފަދަ ކަންކަން ވެސް ކުރިން ހިނގާފައިވެ އެވެ.