ދެ މިލިއަންގެ އަމާޒާ އެކު އަހަރުގެ ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި
ދެ މިލިއަންގެ އަމާޒާ އެކު އަހަރުގެ ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި

މި ފެށުނު އަހަރަށް ދެ މިލިއަން ޓޫރިސްޓުން ގެންނަން އަމާޒުހިފާފައިވާ އިރު، މިއަދު ފަތިހުގެ ވަގުތެއްގައި ރާއްޖެއަށް އައި އަހަރުގެ ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި އެވެ.

ދެ މިލިއަންގެ އަމާޒާ އެކު އަހަރުގެ ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި
ދެ މިލިއަންގެ އަމާޒާ އެކު އަހަރުގެ ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި

މި އަހަރު ރާއްޖެއަށް އައި އެންމެ ފުރަތަމަ ޓޫރިސްޓަކީ އިނގިރޭވިލާތުގެ ޑަންކަން މުއާ އެވެ. މިއީ އޭނާ ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.

ދެ މިލިއަންގެ އަމާޒާ އެކު އަހަރުގެ ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި
ދެ މިލިއަންގެ އަމާޒާ އެކު އަހަރުގެ ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި

މިއަދުގެ ފަތިހުގެ ވަގުތެއްގައި އޭނާ ރާއްޖެއަށް އައުމުން ވެލާނާ އެއާޕޯޓުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނިމުނު އަހަރު ރާއްޖެއަށް ވަނީ 1.8 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ.

އެއީ މިދިޔަ އަހަރުގެ ބަޖެޓުގައި ރާއްޖެއަށް ޓޫރިސްޓުން ގެންނަން ކަނޑައެޅި އަދަދެވެ.

މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން ދެ ލައްކަ ޓޫރިސްޓުން އައި އިރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާއިން ވަނީ 199،000 ޓޫރިސްޓުން އައިސްފަ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާއިން 183،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

މި ފެށުނު އަހަރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ޓޫރިސްޓުން އަންނަ މާކެޓުތަކުގެ އިތުރުން އާ މާކެޓުތަކަށް އަމާޒުކޮށް އެމްއެމްޕީއާރުސީއާ ގުޅިގެން ޓޫރިޒަމް ޕްރޮމޯޝަންގެ ހަރަކާތްތައް ހިންގަން އަންނަނީ މަޝްވަރާތައް ކޮށް، ޕްލޭން ކުރަމުންނެވެ.

"އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ އެމްއެމްޕީއާރުސީގައި ވަރަށް ގާބިލް މެނޭޖިން ޑިރެކްޓަރެއް އެ ހުންނެވީ. އަދި މުޅި ޓީމާ އެކީގައި، ޓޫރިޒަމް މިނިސްޓްރީއާ އެކީގައި އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރެވޭ މަސައްކަތުން ހަމަ [ޓޫރިސްޓުންގެ އަދަދު] ދެ މިލިއަނަށް ވުރެ އިތުުރުވުމަކީ ވެސް ގާތްކަމެއް،" ފައިސަލް ވިދާޅުވި އެވެ.