އެންމެ ބޯކޮށް ވެހުނީ ހުޅުލެއަށް، 179.7 މިލިމީޓަރުގެ ވާރޭ!
އެންމެ ބޯކޮށް ވެހުނީ ހުޅުލެއަށް، 179.7 މިލިމީޓަރުގެ ވާރޭ!

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ހުޅުލެ އާއި މާލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނެފި އެވެ.

އެންމެ ބޯކޮށް ވެހުނީ ހުޅުލެއަށް، 179.7 މިލިމީޓަރުގެ ވާރޭ!
އެންމެ ބޯކޮށް ވެހުނީ ހުޅުލެއަށް، 179.7 މިލިމީޓަރުގެ ވާރޭ!

މެޓުން މިއަދު ބުނީ، އެންމެ ބޯކޮށް ވާރޭ ވެހުނު ހުޅުލެއަށް އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް 179.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.

އެ ވަގުތުތަކުގައި މާލެއަށް ވެހިފައިވަނީ 118.2 މިލިމީޓަރުގެ ވާރެ އެވެ. ދެން އެންމެ ގިނައިން ވެހުނު ބ. ގޮއިދޫއަށް 106.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

މުޅި ރާއްޖޭގެ އެކި ހިސާބުތަކުގެ މޫސުން ވެސް އިއްޔެ ގޯސްއިރު، ކ. ދިއްފުއްޓަށް 72 މިލިމީޓަރު އަދި މ. މުއްޔަށް 66 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.

ގަދަ ވިއްސާރައިގައި އެކި ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ވަނީ ވެފަ އެވެ. އިއްޔެ ރާއްޖޭގެ އެކި ހިސާބުތަކަށް ރީނދޫ އަދި އޮރެންޖު އެލާޓު ނެރުނުއިރު، އުތުރުގެ ރަށްތަކަށް މިވަގުތު ވެސް ވަނީ ހުދު އެލާޓު ނެރެފަ އެވެ.

- މާލޭގެ 11 ގެއަކުން 54 މީހަކު ވަގުތީ ތަންތަންނަށް.

- ކ. ގުރައިދޫގެ 20 ގެއަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވި. (އެ 20 ގޭގެ ތެރެއިން ތިން ގެއެއްގެ މީހުން ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނު)

- ކ. ހުރާގެ 20 ގެއެއްގައި ފެންބޮޑުވި.

- ކ. ހިންމަފުއްޓާއި ބ. ގޮއިދޫގެ ބައެއް ގެތަކަށް ވެސް ފެން ވަދެފައިވޭ.

- ލ. ފޮނަދޫގެ 11 ގެއެއްގައި ފެންބޮޑުވެގެން ވެލިބަސްތާ ޖެހި.

- ފ. ނިލަންދޫގެ ދެ ގެއްގައި ފެންބޮޑުވެގެން ވެލިބަސްތާ ޖެހި.

- ލ. ގަމުގެ އެއް ގެއަކަށް ފެން ވަން.

މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުން ވަނީ ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ އެސެސްމަންޓެއްހަދައިފަ އެވެ. އެކަމަކު، ކުރިއަށް އޮތް 2-3 ދުވަހުގެ ތެރޭގައި ތަފުސީލީ އެސެސްމަންޓެއް ހެދުމަށް ފާހަގަވާ 140 ގެ އަށް ޓީމުތައް ދާނެ ކަމަށް އެންޑީއެމްއޭއިން ރޭ ބުނެފައިވެ އެވެ.