ބޭނުންވަރަކަށް ކޯލް، އެސްއެމްއެސް އަދި އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖެއް ދިރާގުން ތައާރަފުކޮށްފި
ބޭނުންވަރަކަށް ކޯލް، އެސްއެމްއެސް އަދި އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖެއް ދިރާގުން ތައާރަފުކޮށްފި

މޮބައިލް ޕެކޭޖަކަށް ރާއްޖޭގައި މިހާތަނަށް ކަނޑައެޅޭ އެންމެ ބޮޑު ޑޭޓާ އެލަވަންސާއި ކޯލް އަދި އެސްއެމްއެސް ޕެކޭޖް ހިމެނޭ ޕޯސްޓްޕެއިޑް ދެ ޕެކޭޖް ދިރާގުން މިއަދު ތައާރަފްކޮށްފި އެވެ.

ދިރާގުން ތައާރަފްކުރީ "ސްމާޓް އެގްޒެކެޓިވް 1499" ޕެކޭޖާއި "ސްޕާޓް އެގްޒެކެޓިވް 1999" އެވެ. މި ދެ ޕެކޭޖަކީ ވިޔަފާރިވެރިންނާއި އެގެޒެކެޓިވްސް އަދި ޕްރޮފެޝަނަލް މަސައްކަތް ކުރާ ފަރާތްތަކަށް އެކަށީގެންވާ ޕެކޭޖެއް ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ ހަމައެކަނި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ ޕެކޭޖެކެވެ.

ސްމާޓް އެގްޒެކެޓިވް 1499 ޕެކޭޖުގައި 30 ޖީބީ ޑޭޓާ ހިމެނޭއިރު ސްމާޓް އެގްޒެކެޓިވް 1999 ޕެކޭޖުގައި 45 ޖީބީ ޑޭޓާ ހިމެނޭނެ އެވެ. އަދި ޑޭޓާ އެލަވަންސް ހުސްވިޔަސް އިތުރު އެކްސެސް ޗާޖެއް ނުނަގާނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން އެ ދެ ޕެކޭޖުން ވެސް، އެ މީހަކު ޚިޔާރުކުރާ ރާއްޖެއިން ބޭރުގެ ކޮންމެވެސް އެއް ގައުމަކަށް 50 ޕަސެންޓް ޑިސްކައުންޓާ އެކު ގުޅޭނެ ކަމަށް ދިރާގުން ނެރުނު ބަޔާނެއްގައިވެ އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް މޮބައިލް ޕެކޭޖަކަށް ކަނޑައަޅާ އެންމެ ބޮޑު ޑޭޓާ އެލަވަންސް ކަމަށް ދިރާގުން ބުންޏެވެ.