ސިޓީން ފަރަގު ކުޑަކުރި އިރު ޔުނައިޓެޑް ބަލިވެއްޖެ
ސިޓީން ފަރަގު ކުޑަކުރި އިރު ޔުނައިޓެޑް ބަލިވެއްޖެ

މެންޗެސްޓާ (ޑިސެމްބަރު 31) - ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ރޭ އަމިއްލަ ދަނޑުގައި 2-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ކުރީގައި އޮތް ޓީމުތަކާ ފަރަގު ކުޑައިރު، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ރަށޫން ބޭރުގައި ނޮޓިންހަމް ފޮރެސްޓު އަތުން 2-1 އިން ބަލިވެއްޖެ އެވެ.

ސިޓީން ފަރަގު ކުޑަކުރި އިރު ޔުނައިޓެޑް ބަލިވެއްޖެ
ސިޓީން ފަރަގު ކުޑަކުރި އިރު ޔުނައިޓެޑް ބަލިވެއްޖެ

ފުރަތަމަ ހާފުގައި ސިޓީ އަށް ލީޑު ނަގައިދިނީ ރޮޑްރީ އެވެ. ދެވަނަ ހާފުގައި ލީޑް ފުޅާކުރި ލަނޑު ފިލް ފޮޑެންގެ އެހީތެރިކަމާ އެކު ޖަހައިދިނީ ހޫލިއަން އަލްވަރޭޒް އެވެ.

ސިޓީ ތިންވަނައި އޮތީ 19 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވއ. ދެވަނައިގައި އޮތީ ރޭ 3-2 އިން ބާންލީ ބަލިކުރި އެސްޓަން ވިލާ އެވެ. އެޓީމުން ވަނީ 20 މެޗުން 42 ޕޮއިންޓް ހޯދައިފަ އެވެ

ފޮރެސްޓުން 29 އަހަރަށް ފަހު ލީގުގައި ޔުނައިޓެޑް ބަލިކުރި މެޗުގައި އެޓީމުން ލީޑު ނެގީ 62 ވަނަ މިނިޓުގައި ނިކްލަސް ޑޮމިންގޭޒް ޖަހައިދިން ގޯލުންނެވެ. އެޓީމުގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އަލެހަންދްރޯ ގާނާޗޯ ބޯޅަ ހޯދައި ތަނަވަސް ކޮށްދިން ފުރުސަތަކުން 78 ވަނަ މިނިޓުގައި ޔުނައިޓެޑަށް އެއްވަރު ކޮށްދިނީ މާކަސް ރަޝްފޯޑެވެ.

ނަމަވެސް އޭގެ ހަތަރު މިނިޓު ތެރޭ، ޔުނައިޓެޑުން ދޫކޮށްލި އެންތަނީ އެލަންގާ ތަނަވަސް ކޯށްދިން ފުރުސަތަކުން ގޯލު ޖަހައި ފޮރެސްޓް މޮޅު ކޮށްދިނީ ގިބްސް ވައިޓް އެވެ.

މިދިޔަ ހަފްތާ އެސްޓަން ވިލާ އަތުން މުހިއްމު މޮޅެއް ހޯދި ނަމަވެސް ޔުނައިޓެޑް ވަނީ މި ޑިސެމްބަރު މަހު ލީގުގައި ހަތަރު މެޗުން ބަލިވެފަ އެވެ. އަދި އެޓީމު އޮތީީ 20 މެޗުން ލިބުނު 31 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގަ އެވެ.

ޗެލްސީ ވަނީ ރޭ ރަށުން ބޭރުގައި 3-2 އިން ލޫޓަން ޓައުން އަތުން މޮޅުވެފަ އެޗެ. މިއާ އެކު ޗެލްސީ 10 ވަނައިގައި އޮތީ 20 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. 11 ވަނައިގައި އޮތް ވުލްވްސް ވެސް ވަނީ 3-0 އިން ރޭ އެވަޓަން ބަލިކޮށް 28 ޕޮއިންޓް ހަމަކޮށްފަ އެވެ.