31 ޑިސެމްބަރ 2023 - 08:41

ރާއްޖެ އަށް އިރުވައި މޫސުން ފެށުމާ ގުޅިގެން މިހާރު ކުރަން ފަށާފައިވާ ވިއްސާރައާ ގުޅިގެން މިއަދުގެ މެންދުރު 1:30 އާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން ހުދު އެލާޓެއް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ، މިއަދުގެ ހެނދުނު 7:30 އިން މެންދުރު 1:30 އާ ހަމައަށް މުޅި ރާއްޖެ އަށް ހުދު އެލާޓެއް ނެރެފައިވާ ކަމަށެވެ.
މުޅި ރާއްޖެ އަށް ވެސް މެންދުރު 1:30 ވަންދެން ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
ރާއްޖެ އަށް އިރުވައި މޫސުން ފެށުނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އޭގެ ފަހުން މުޅި ރާއްޖެ އަށް ކަހަލަ ގޮތަށް މޫސުން ވަރަށް ބޮޑަށް ގޯހެވެ. ހާއްސަކޮށް ދެކުނުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ، ގެއްލުންތައް ވަނީ ވެފަ އެވެ. އޭގެ ތެރޭގައި އައްޑު އާއި ފުވައްމުލައް ހާއްސަކޮށް ފާހަގަކުރެވެ އެވެ.