ބޯކޮށް ވާރޭވެހި ފުވައްމުލަކުގެ 15 ގެއަކަށް ފެން ވަދެ، ގެއްލުންތަކެއް
ބޯކޮށް ވާރޭވެހި ފުވައްމުލަކުގެ 15 ގެއަކަށް ފެން ވަދެ، ގެއްލުންތަކެއް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކުގެ 15 ގެއަކަށް ފެން ވަދެ، ހިފާ ގެންގުޅޭ ސަމާނަށް ގެއްލުންވެއްޖެ އެވެ.

ބޯކޮށް ވާރޭވެހި ފުވައްމުލަކުގެ 15 ގެއަކަށް ފެން ވަދެ، ގެއްލުންތަކެއް
ބޯކޮށް ވާރޭވެހި ފުވައްމުލަކުގެ 15 ގެއަކަށް ފެން ވަދެ، ގެއްލުންތަކެއް

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ބޯކޮށް ވާރޭވެހި ފުވައްމުލަކުގެ ބައެއް އަވަށްތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ގެއްލުން ލިބެމުންދާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

ބޯކޮށް ވާރޭވެހި ފުވައްމުލަކުގެ 15 ގެއަކަށް ފެން ވަދެ، ގެއްލުންތަކެއް
ބޯކޮށް ވާރޭވެހި ފުވައްމުލަކުގެ 15 ގެއަކަށް ފެން ވަދެ، ގެއްލުންތަކެއް

އެ ގެތަކުގެ ހާލަތު ވަޒަން ކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން ކުރަމުންދާ ކަމަށާއި މިހާތަނަށް 15ގެ އަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އެމްޑީއެމްއޭ އިން ބުންޏެވެ.

ނަމަވެސް އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހޭފަދަ ހާލަތަކަށް ގޮސްފައި ނުވާ ކަމަށް މައުލޫމާތު ދެއެވެ.

ފެންވަދެ ގެއްލުން ވެފައިވާ ގެ ތަކުން ފެން ހިންދުމުގެ މަސައްކަތް ރަށު ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ފުވައްމުލަކުގެ ގިނަ ގެ ތަކެއްގައި ފެންބޮޑުވެފައި ވާއިރު، މިދިޔަ ހަފްތާ އައްޑޫގެ 97 ގެއެއްގައި ވެސް ފެންބޮޑުވެ، ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

މިއަދުގެ މޫސުން މެޓުން ލަފާކުރާ ގޮތަށް ބަލާއިރު، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިޓް އެލާޓް އަދި ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.