ގޭސް ލީކުވެ ހިނގި ހާދިސާއެއްގައި މީހަކު ފިހިއްޖެ
ގޭސް ލީކުވެ ހިނގި ހާދިސާއެއްގައި މީހަކު ފިހިއްޖެ

މާލޭގެ ގެއެއްގައި ގޭސް ލީކްވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި އަންހެނަކު މިއަދު ފިހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މ. ބްލޫލައިޓްގެ ހަ ވަނަ ފަންގިފިލާގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައި އަންހެނަކަށް އަނިޔާވި ކަމަށެވެ. އެ މީހާގެ ހަށިގަނޑު 10 ޕަސެންޓް ފިހިފައިވާ ކަމަށް ސިފައިން ބުންޏެވެ.

އެ މީހާއަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.

މިއަދުގެ މެންދުރު 2:20 ހާއިރު އެ ހާދިސާ ހިނގީ ގޭސް ފުޅިން އުނދުނަށް ގުޅާފައި ހުރި ހޮޅި ބާރުކުރަން ހަރުކޮށްފައި ހުންނަ ނަޓު ދޫވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސިފައިން އިން ބުނީ ފަޔާ ފައިޓަރުން ވަނީ މިހާރު އެ އުނދުނަށް ގުޅާފަ ހުރި ހޮޅި ރަނގަޅުކޮށް، އެކަން ހައްލުކޮށްދީފައި ކަމަށެވެ.

މި ގޭސް އެކްސްޕްލޯޝަންގެ ހާދިސާގައި އެ ގޭގެ ދޮރެއްގެ ބިއްލޫރިގަނޑެއް ވެސް ތަޅައިގެން ދިޔަ އެވެ.