އެމްއޭސީއެލްގެ ކަލަންޑަރު ހާއްސަކުރީ އޯޓިޒަމް ކުދިންނަށް
އެމްއޭސީއެލްގެ ކަލަންޑަރު ހާއްސަކުރީ އޯޓިޒަމް ކުދިންނަށް

"ހިތްހަމަޖެހުމާއި އުފާވެރިކަން" މި ތީމުގައި އެމްއޭސީއެލް އިން 2024 ވަނަ އަހަރުގެ ކަލަންޑަރު ނެރެފި އެވެ.

އެމްއޭސީއެލްގެ ކަލަންޑަރު ހާއްސަކުރީ އޯޓިޒަމް ކުދިންނަށް
އެމްއޭސީއެލްގެ ކަލަންޑަރު ހާއްސަކުރީ އޯޓިޒަމް ކުދިންނަށް

އެ ކުންފުނީގެ މި އަހަރުގެ ކަލަންޑަރު ހާއްސަ ކުރީ އޯޓިޒަމް ހުންނަ ކުދިންނަށެވެ. މި ކަލަންޑަރަކީ އޭމްއޭސީއެލް އާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން ގުޅިގެން ތައްޔާރު ކުރި ކަލަންޑަރެކެވެ. މި ކަލަންޑަރުގައި ހިމަނާފައި ވަނީ އެ ސެންޓަރުގެ ދަރިވަރުންގެ ކުރެހުންތަކެވެ.

އެމްއޭސީއެލްގެ ކަލަންޑަރު ހާއްސަކުރީ އޯޓިޒަމް ކުދިންނަށް
އެމްއޭސީއެލްގެ ކަލަންޑަރު ހާއްސަކުރީ އޯޓިޒަމް ކުދިންނަށް

އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ މަގުސަދަކީ މި އަހަރުގެ ކަލަންޑަރުން އޯޓިޒަމް ކުދިންގެ ހުނަރުވެރިކަން ދައްކައި ދިނުން ކަމަށެވެ. އަދި މި ފަދަ ބަލިތައް ހުންނަ ކުދިންނާ މެދު މުޖުތަމައުން ދެކޭ ގޮތް ބަދަލުކޮށް، އެފަދަ ކުދިންނަކީ މުޖުތަމައު ބަލައިގެންފައިވާ ކުދިންނަށް ހެދުމަކީ އެ ކުންފުނިން މިފަދަ ކަލަންޑަރެއް ނެރުމުގެ އަމާޒެއް ކަމަށް ވެސް ބުންޏެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ ކުރެހުންތައް 2024 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމެނުމަކީ އެހެން ހުރިހާ އަހަރުތަކަށް ވުރެ މި އަހަރުގެ ކަލަންޑަރު ހާއްސަވާ ސަބަބެއް ކަމަށެވެ. އަދި މި ކަލަންޑަރު ކުރެހުމުގައި ބައިވެރިވި ކުދިންގެ ހުނަރު ފާހަގަ ކުރައްވައި، އެ ކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށް ދިނުމަކީ އެ ކުންފުންޏަށް ލިބުނު އުފަލެއްގެ ގޮތުގައި ވިދާޅުވި އެވެ.

2024 ވަނަ އަހަރުގެ ކަލަންޑަރު އޯޓިޒަމް ކުދިންނަށް ހާއްސަ ކުރުމުގެ އިތުރުން ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން މިފަދަ ކުދިންނަށް ހިތްވަރުދީ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.