29 ޑިސެމްބަރ 2023 - 10:19

ސަލްމާން ހާނަށް 58 އަހަރު ފުރުން އޭނާގެ އާއިލާއިން ފާހަގަކޮށްފި އެވެ.
ސަލްމާން ހާނަށް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޕާޓީ އޮތީ ސަލްމާންގެ ކޮއްކޮ އަރްޕިތާ ހާން ޝަރްމާގެ ގޭގަ އެވެ. ސަލްމާންގެ އުފަން ދުވަހަކީ އޭނާއަށް ބޮޑުބޭބެ ކިޔާ އާޔަތުގެ ވެސް އުފަން ދުވަސްކަމުން އެ ޕާޓީގައި ދެ މީހުންގެ އުފަން ދުވަސް ފާހަގަކޮށްފައި ވަނީ އެއްކޮށެވެ. އާޔަތު އުފަންވީއްސުރެ މި ދެ މީހުންގެ އުފަން ދުވަސް އާއިލާއިން އެއްކޮށް ފާހަގަކުރުމަކީ މިހާރު އެ އާއިލާގެ ޓްރެޑިޝަން އެކެވެ.
އާޔަތު އަކީ އާޔުޝް ޝަރްމާ އާއި އަރްޕިތާ ހާންގެ ދަރިފުޅެވެ.
އާޔަތް ކޭކު ފެޅި އިރު އޭނާއަށް ސަލްމާން ހާން އުފަން ދުވަހުގެ ލަވަ ކިޔާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓު ކޮށްފަ އެވެ. އަދި ދެ މީހުން އެއް ކޮށް ކޭކު ފަޅާ ވީޑިއޯއެއް ވެސް ވަނީ އާއްމުވެފަ އެވެ.
ސަލްމާން ހާން އާއިލާއާ އެކު އުފަން ދުވަސް ފާހަގަކުރުމަށް މުމްބާއީއަށް ދިޔައީ އިއްޔެ އެވެ.
ސަލްމާން ހާނަށް ގިނަ ފަންނާނުންތަކެއް ވަނީ އުފަން ދުވަހުގެ ތަހުނިޔާ ފޮނުވައިފަ އެވެ.