ދިރާގުގެ ކަލަންޑަރުން ދައްކައިދެނީ ކުރިއަރާފައިވާ ޑިޖިޓަލް ރާއްޖެއެއްގެ ތަސައްވުރު
ދިރާގުގެ ކަލަންޑަރުން ދައްކައިދެނީ ކުރިއަރާފައިވާ ޑިޖިޓަލް ރާއްޖެއެއްގެ ތަސައްވުރު

މިހާރަށް ވުރެ ކުރިއަރާފައިވާ ޑިޖިޓަލް ރާއްޖެއެއްގެ ތަސައްވުރު، ކުޑަކުއްޖެއްގެ ނަޒަރުން ފެންނަ ގޮތަށް ދިރާގުން "އިންޓު ދަ ފިއުޗާ"ގެ ނަމުގައި 2024 ވަނަ އަހަރުގެ ކަލަންޑަރު ނެރެފި އެވެ.

ދިރާގުގެ ކަލަންޑަރުން ދައްކައިދެނީ ކުރިއަރާފައިވާ ޑިޖިޓަލް ރާއްޖެއެއްގެ ތަސައްވުރު
ދިރާގުގެ ކަލަންޑަރުން ދައްކައިދެނީ ކުރިއަރާފައިވާ ޑިޖިޓަލް ރާއްޖެއެއްގެ ތަސައްވުރު

މި ކަލަންޑަރުގައި ހިމަނާފައިވާ ކުރެހުންތަކަކީ މުސްތަގުބަލުގައި ރާއްޖެ ޑިޖިޓަލީ ތަރައްގީވެ، ޓެކްނޮލޮޖީގެ ކުލަވަރު އޮންނާނެ މިންވަރެވެ. މި ކަލަންޑަރުގައި މުސްތަގުބަލުގައި އެކި މަސައްކަތްތަކުގައި ޓެކްނޮލޮޖީގެ ފެނިގެން ދާނެ ގޮތާއި، އާއްމު ދިރިއުޅުމުގައި ޓެކްނޮލޮޖީ އަދާ ކުރާނެ ދައުރާއި އިންކްލޫސިވް ސޮސައިޓީއަކަށް ޓެކްނޮލޮޖީން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތުގެ ހިޔާލުތައް ހިމެނޭ ކުރެހުންތައް ވަނީ ހިމަނައިފަ އެވެ.

ދިރާގުގެ ކަލަންޑަރުން ދައްކައިދެނީ ކުރިއަރާފައިވާ ޑިޖިޓަލް ރާއްޖެއެއްގެ ތަސައްވުރު
ދިރާގުގެ ކަލަންޑަރުން ދައްކައިދެނީ ކުރިއަރާފައިވާ ޑިޖިޓަލް ރާއްޖެއެއްގެ ތަސައްވުރު

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒް ވަނީ ކަލަންޑަރުގައި ދައްކުވައިދޭ 'ޑިޖިޓަލް ރާއްޖެ'އެއްގެ ތަސައްވުރަށް ވާސިލްވުމަށް ދިރާގުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މި ކަލަންޑަރުގެ ސަބަބުން ކުރިއަށްވުރެ ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް މިއަދުގެ ޒުވާން ޖީލު އިންސްޕަޔާ ވަނެކަމާށް އުއްމީދު ކުރާ ކަމަށެވެ.

ދިރާގުން މި އަހަރުގެ ކަލަންޑަރު ލޯންޗު ކޮށްފައި ވަނީ ތީމާ ގުޅުވާ 12 ސްނެޕްޗެޓް ގޭމާ އެކު އެވެ. ކޮންމެ މަހަކު ވެސް އެއް ގޭމު އަންލޮކްވާނެ އެވެ.

ކޮންމެ މަހެއް ވެސް ފެށުމުން ކަލަންޑަރުގައި ހިމެނޭ ސްނެޕްޗެޓް ކިއުއާރު ކޯޑު ސްކޭން ކޮށްގެން ގޭމު ކުޅެވޭނެ އެވެ. މި ކަލަންޑަރުގައި ހިމެނޭ ގޭމުތަކަކީ ދިވެހި ކުންފުނި ލޫޕްކްރާފްޓްސްގެ ފަންނީ ދިވެހިން ތައްޔާރުކޮށްފައިވާ ގޭމުތަކެކެވެ.

ދިރާގުން ވަނީ ގޭމުތަކުގެ ވާދަވެރިކަން އިތުރުކޮށް، ފޯރި ގަދަކުރުމުގެ ގޮތުން އަގުހުރި އިނާމެއް ހުށަހަޅައިފަ އެވެ. މި އިނާމުގެ ތެރޭގައި ހިމެނެނީ ޕީއެސް 5 އަކާއި ޕީއެސް ވީއާރެއް ލިބޭނެ އެވެ.

އިނާމު ހޯދުމަށް ގޭމް ކުޅުމަށްފަހު ސްކޯގެ ސްކްރީން ޝޮޓެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ އެކްސްގައި DhiraaguCalendarGames# ހޭޝްޓެގާ އެކު ޕޯސްޓު ކުރަން ޖެހޭނެ އެވެ. އިނާމު ދޭނީ ޕޯސްޓު ކުރާ ބައިވެރިންގެ މެދުގައި ގުރުއަތު ނަގައިގެން ހޮވޭ ނަސީބުވެރިއަކަށެވެ.