މިހާރުގެ ރެސިޕީ: ބަނބުކޭލު ބޮނޑިބަތް
މިހާރުގެ ރެސިޕީ: ބަނބުކޭލު ބޮނޑިބަތް

4 ޖޯޑު ބަނބުކެޔޮ (ކުދިކޮށް ކޮށައިފައި)

⅓1 ޖޯޑު ހަކުރު

1 ޖޯޑު ކާށިކިރު

10 ޖޯޑު ފެން

12 އިންޗި ރާނބާފަތް

ފިނިފެން (ރޯސްވޯޓާ) ނުވަތަ ރޯސް އެސެންސް

ފެންފޮދު ހޫނުވުމުން ބަނބުކެޔޮކޮޅު އަޅާލުން. ރަނގަޅަށް މަޑުވާން ފެށީމައި ބަނބުކެޔޮކޮޅު ހަލަންޏަކަށް ނެގުން. ރޯފިލާފައިވާ ބަނބުކެޔޮކޮޅު ހުސް ތެއްޔަކަށް އެޅުމަށް ފަހު، އޭގެ ތެރެއަށް ހަކުރު އެޅުން. އަލުން ކައްކަން އުދުން. ހަކުރާއި ބަނބުކެޔޮ އެއްކުރަމުން ކެއްކުން. ހަކުރު ރަނގަޅަށް ވިރުނީމައި ކާށިކިރު، ރާނބާފަތް އަޅާފައި އެއްކޮށްލައިފައި، އުނދުން ނިއްވާލުމަށް ފަހު، އެސެންސް ނުވަތަ ރޯސްވޯޓާ އެޅުން. މަތިޖަހައިފައި ދިހަވަރަކަށް މިނެޓު ވަންދެން ބެހެއްޓުން.

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278/?fref=nf ގައި ހިމަނައިފަ އެވެ.