އަންހެނުންނަށް ހާއްސަ "އޯގޭނިކް" ބްރޭންޑުގެ ޕްރޮޑަކްޓްތައް މަޝްހޫރު ފިހާރަތަކާއި ފާމަސީތަކަށް
އަންހެނުންނަށް ހާއްސަ "އޯގޭނިކް" ބްރޭންޑުގެ ޕްރޮޑަކްޓްތައް މަޝްހޫރު ފިހާރަތަކާއި ފާމަސީތަކަށް

ޑެއިޒީ ހޯލްޑިން އިން ރާއްޖެއަށް ތައާރަފްކުރި އަންހެނުންނަށް ހާއްސަ ބްރޭންޑް "އޯގޭނިކް"ގެ ޕްރޮޑަކްޓުތައް ގިނަ ފަހާރަތަކަކާއި ފާމަސީތަކުން މިހާރު ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަންހެނުންނަށް ހާއްސަ "އޯގޭނިކް" ބްރޭންޑުގެ ޕްރޮޑަކްޓްތައް މަޝްހޫރު ފިހާރަތަކާއި ފާމަސީތަކަށް
އަންހެނުންނަށް ހާއްސަ "އޯގޭނިކް" ބްރޭންޑުގެ ޕްރޮޑަކްޓްތައް މަޝްހޫރު ފިހާރަތަކާއި ފާމަސީތަކަށް

އެ ކުންފުނިން ބުނީ މި ބްރޭންޑުގެ ސެނިޓެރީ ނެޕްކިން, ޓެމްޕޯންސް, ޕެންޓީ ލައިނާސް އަދި ފެމިނިން ވައިޕްސް, ކޮޓްން މޭކަޕް ރިމޫވާ އަދި ފެމިނިން އިންޓިމޭޓް ވޮޝް މާލެ، ހުޅުމާލެ ފޭސް 1 އަދި 2ގެ އިތުރުން ވިލިގިނގިލިން ވެސް މިހާރު ލިބެން ހުންނާނެ އެވެ.

މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ލިބެން ހުންނަ ފިހާރަތަކާއި ފާމަސަތަކަކީ:

- މާލެ އަދި ހުޅުމާލޭގައި ހުންނަ ރެޑްވޭވް

- ރެޑްބީ

- ޑެސިއީ މޯލްޑިވްސް

- ރެޑް ބަނާނާސް

- ރަވެލް

- ކްރާސާ

- ވިލިނގިލީގައި ހުންނަ ޕޮއިންޓް ވަން ފާމަސީ

- ޕޮއިންޓް ވަންގެ 10 ފާމަސީ

- މާލެ، ހުޅުމާލެ ފޭސް 1 އަދި 2ގައި ހުންނަ ހެލްތު އެންޑް ގްލޯ

- ސިޓީ ފާމަސީ

- އިރާމް ފާމަސީ

- ޕާލް މެޑިކަލްސް

- މެޑިކާ ފާމަސީ

އަންހެނުންނަށް ހާއްސަކޮށް ގިނަ ދިރާސާތަކެއް ހަދާ ތައްޔަރުކޮށްފައިވާ "އޯގޭނިކް" ބްރޭންޑަށް ރާއްޖޭގެ އެކި އެކި ފަންނީ މޭސްތިރިންނާއި, ޑޮކްޓަރުންގެ ފަރާތުން ރަނގަޅު ރިވިއުތައް ލިބެމުން ދާކަން އެ ކުންފުނިން ފާހަގަކުރެ އެވެ. މި ބްރޭންޑަކީ ހަންގަޑަށް ރަނގަޅު ބޭނުން ކުރަން ފަސޭހަ ޕްރޮޑަކްޓުތަކެއް ލިބެން ހުރި ބްރޭންޑެއްގެ ގޮތުގައި މަޝްހޫރު ފިލްމީ ތަރި ރިޝްމީ ރަމީޒު ވެސް ބުނެފައިވާ ކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

"އޯގޭނިކް" އަކީ ސެންސިޓިވް ސްކިންއަށް ރައްކާތެރިކަން ފޯރުކޮށްދޭ ކްލިނިކަލީ ޕްރޫވަން ބްރޭންޑެކެވެ. މި ބްރޭންޑުގެ ޕެޑް އަކީ 100 ޕަސެންޓް ސެޓިފައިޑް އޯގެނިކް ކޮޓްންއިން ހަދާފައިވާ އެއްޗެކެވެ. މިއީ އެބްޒޯބިންގެ ބައި ރަނގަޅު, ތުނި އަދި ބޭނުން ކުރަން ފަސޭހަ، ހުރިހައި އުމުރެއްގެ މީހުންނަށް ވެސް ހާއްސަ އެއްޗެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. މިއީ ހުރިހާ ވައްތަރެއްގެ ހަމަކާ ގުޅޭ، ހަމަށް ދިމާވާ މައްސަލަތަކުން ރައްކާތެރި ކޮށްދޭނެ ޕްރޮޑަކްޓުތަކެއްގެ ގޮތުގައި ޑެއިޒީ ހޯލްޑިންއިން ފާހަގަ ކުރެ އެވެ.

"އޯގޭނިކް" އަކީ އަންހެނުންނަށް ހާއްސަ ކޮށް އަންހެނުން ތައާރަފްކޮށްފައިވާ ބްރޭންޑެކެވެ. ޑެއިޒީ ހޯލްޑިން އަކީ ރާއްޖޭގައި މި ބްރޭންޑު ވިއްކާ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.