ބްރިޖުން ހުޅުމާލެއަށްދާ ފަޅި މިރޭ ދެ ގަޑިއިރަށް ބަންދުކުރަނީ
ބްރިޖުން ހުޅުމާލެއަށްދާ ފަޅި މިރޭ ދެ ގަޑިއިރަށް ބަންދުކުރަނީ

މާލެއިން ހުޅުމާލެއަށް ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަޅި މިރޭ ދަންވަރު އެކަކުން ފެށިގެން ދެ ގަޑިއިރަށް ބަންދު ވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި ދަންވަރު 3 ޖަހަންދެން ބްރިޖް ބަންދުކުރަނީ މަސައްކަތެއް ކުރުމަށެވެ. އެކަމަކު ތަފްސީލު ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ ބްރިޖުގެ އެ ފަޅި ބަންދުކޮށްފައި ބާއްވަން ޖެހޭ ދެގަޑިއިރު، އަނެއް ފަޅިން ދެކޮޅަށް ދުއްވޭ ގޮތަށް ހަދާނެ ކަމަށެވެ. މިގޮތަށް ހެދުމުން މާލެއިން ހުޅުމާލެއަށް ވެސް ދަތުރުކުރެވޭނެ އެވެ.

މަސައްކަތެއް ކުރަން މިރޭ ބްރިޖް ބަންދުކުރާއިރު، ހަދަން ޖެހޭ އިންސްޕެކްޝަންތަކަށް ވެސް މީގެ ކުރިން ބްރިޖު ބަންދުކޮށްފައިވެ އެވެ.