އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓުން ލޯފަން ކުދިންނަށް އޯޑިއޯ ލިބޭ ގޮތް ހަދަނީ
އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓުން ލޯފަން ކުދިންނަށް އޯޑިއޯ ލިބޭ ގޮތް ހަދަނީ

އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓުން ފޮތްތަކުގެ ޑިޖިޓަލް ކޮޕީ އާއި އޯޑިއޯ ލިބޭނެ ގޮތް ހަދަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓުން ލޯފަން ކުދިންނަށް އޯޑިއޯ ލިބޭ ގޮތް ހަދަނީ
އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓުން ލޯފަން ކުދިންނަށް އޯޑިއޯ ލިބޭ ގޮތް ހަދަނީ

އާ ހިދުމަތްތަކާ އެކު، މިނިސްޓްރީގެ ވެބްސައިޓެއް އިފުތިތާހު ކުރަން ނިންމާފައި ވަނީ އަންނަ މަހު އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މިނިސްޓްރީން ނެރެފައިވާ އިސްލާމީ ފޮތްތައް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ގޮތް ހަދައި އިސްލާމީ ލައިބްރަރީގެ ބައެއް ވެސް ވެބްސައިޓްގައި ހިމަނަން ނިންމާފައިވާ ކަމަށެވެ.

ލޯފަން ކުދިންނަށް ރިފަރެންސް ފޮތްތައް ލިބޭނެ ގޮތް ހެދުމަށް މިނިސްޓްރީ އާއި އިސްލާމިކް ޔުނިވާސިޓީން މިހާތަނަށް ތައްޔާރު ކޮށްފައިވާ ފޮތްތަކުގެ "އޯޑިއޯ ބުކް" ނެރެން ވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަން ކުރަނީ އިސްލާމިކް ޔުނިވާސިޓީންނެވެ. އެކަމަށް ހަރަދު ކުރަނީ އިސްލާމިކް މިނިސްޓްރީންނެވެ.

ދީނީ ކަންކަން ހަރުދަނާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރާ މަސައްކަތުގެ ތެރެއިން، ހުތުބާގެ ތަރުޖަމާ އެކި ބަސްބަހުން އޮންލައިންކޮށް ކިޔޭ ގޮތް ހަދައި ދިވެހި ބަހުން ހުތުބާ ދޭ ވަގުތު މިސްކިތްތަކުގެ ޓީވީތަކުން އިނގިރޭސި ބަހުން ސަބްޓައިޓަލް އެރުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

ސްކޫލު ކުދިންނަށް ހުތުބާ ކިޔުމުގެ ހުއްދަ ދޭން ވެސް އެ މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.