25 ޑިސެމްބަރ 2023 - 12:57

ބޮޑު ބަންދެއް ފެށުނީ އެވެ. މި ބަންދުގައި ފޫހިފިލުވާލަން ދާންވީ ދިމާލެއް, ކުރަންވީ ކަމެއް ނޭނގި ތިބި އެތައް ބަޔަކު އެބަ ތިއްބެވެ. ފޫހިވެފައި އަބަދު ގޭގައި ގިނަ ބަޔަކު އެބަ ތިބެ އެވެ. މި ބަންދުގެ ތެރޭގެ ފަޅުކަމާއި ފޫހިފިލުވައިދޭނެ އެކުވެރިއެއް ދިރާގުން ދާދި ފަހުން ވަނީ ތައާރަފްކޮށްފަ އެވެ. އެއީ ދިރާގު "އީ ޒޯން" އެވެ.
އީޒޯން އަކީ ހުރިހާ އުމުރަކާ ވެސް ގުޅޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގައި ގޭމްސް ވީޑިއޯސް, ލައިފްސްޓައިލް އަދި އެންޓަޓެއިންމަންޓް ކެޓަގަރީއެއް ހިމެނޭ އިރު, ކޮންމެ ކެޓަގަރީއެއްގައި ވެސް ތަފާތު ގިނަ ކޮންޓެންޓުތަކެއް ހުރެ އެވެ. ހިލޭ ވަދެވޭ މި ޕްލެޓްފޯމަކީ ސަބްސްކްރައިބް ކޮށްގެން އެކި ގޭމާއި ވީޑިއޯ ބެލޭ ޕްލެޓްފޯމެކެވެ. ކުޑަ އަގަކަށް ސަބްސްކްރިޕްޝަންތައް ހުރި އިރު, ހިލޭ ކުޅެވޭނެ ގޭމު ވެސް މި ޕްލެޓްފޯމުގައި ހުރެ އެވެ.
އީޒޯންގައި ހިމެނޭ ގޭމުތަކަކީ ގިނަ ވަގުތުތަކެއް އެ ގޭމުތަކެއް ކުޅުމަށް ހޭދަކޮށްލެވޭނެ ފަދަ ޝައުގުވެރި ގޭމުތަކެކެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ މެދުގައި މަގުބޫލު އެކި ކެރެކްޓަރުން ހިމެނޭ ގޭމުތަކާއި އެޑިއުކޭޝަނަލް އެންގޭޖިން ގޭމުތައް ހިމެނެ އެވެ. އަދި ރޭސިން ގޭމުތަކާއި އެކަކު އަނެކަކާ ވާދަކުރެވޭނެ އެކި ގޭމުތައް ވެސް މި ޕްލެޓްފޯމުން ކުޅެވޭނެ އެވެ.
ގޭމިން އާއި ސްޓްރީމިންގެ އިތުރުން މި ބަންދު ތެރޭގައި ހާއްސަ ހަދިޔާއެއް ދޭން ބޭނުންވާ ނަމަ އީޒޯންގައި ހިމެނޭ ކާޓީ ސްޓޯރުން އައިޓިއުންސް އަދި ޕްލޭސްޓޭޝަން ހިމެނޭ ގޮތަށް ގިފްޓު ވައުޗަރުތައް ގަނެވޭނެ އެވެ.
އީޒޯން އަކީ ހުރިހާ މުނިފޫހިފިލުވުމުގެ ބޭނުންތައް އެއް ތަނަކުން ފުއްދޭނެ ޕްލެޓްފޯމެކެވެ. މި ބަންދުގައި އެންމެން ވެސް ފޫހި ފިލުވާލަން ވަންނަންވީ މި އަށެވެ.