"އައިމް ޖަސްޓް ކެން"ގެ ތިން ވާޝަނެއް ނެރެފި
"އައިމް ޖަސްޓް ކެން"ގެ ތިން ވާޝަނެއް ނެރެފި

ބާބީ ފިލްމުން އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބުނު ލަވަ ކަމަށްވާ "އައިމް ޖަސްޓް ކެން"ގެ ތިން ވާޝަނެއް ހިމެނޭ އީޕީއެއް ނެރެފި އެވެ.

މި އީޕީގައި "ކްރިސްމަސް ވާޝަން" އަކާއި އެކޫސްޓިކް ވާޝަންއެއް އަދި ޕާޕަލް ޑިސްކޯ މެޝިން ރީމިކްސް ވާޝަނެއް ހިމެނެ އެވެ. ފިލްމުގައި ވެސް މި ލަވަ ޕްރޮޑިއުސްކުރި މާކް ރޮންސަން ޕްރޮޑިއުސްކޮށް ރަޔަން ގޮސްލިން ކިޔާފައިވާ މި ލަވައަށް ފޭނުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. އަދި ޓިކްޓޮކްގައި ވެސް މި ލަވަ އަނެއްކާ ވެސް ވަނީ ވައިރަލް ވާން ފަށައިފަ އެވެ.

"އައިމް ޖަސްޓް ކެން" އަކީ ބާބީ ފިލްމުން އެންމެ ވައިރަލް ވި ލަވަ އެވެ. މި ލަވައިގެ އެކި ޕެރޮޑީތަކާއި ލަވައިގެ ގިނަ ޓިކްޓޮކްތަކެއް ފިލްމު ނެރުނު ދުވަސްވަރު ވައިރަލްވި އެވެ.

"އައިމް ޖަސްޓް ކެން"ގެ އޮރިޖިނަލް ލަވައަށް ސްޕޮޓިފައިގައި 95 މިލިއަންއަށް ވުރެ ގިނަ ސްޓްރީމްސް ލިބުނެވެ. އަދި މި ލަވަ ބިލްބޯޑް ހޮޓް 100 ޗާޓަށް ވެސް އެރި އެވެ.

މި ލަވަ އަކީ ހަތަރު އެވޯޑަކަށް ނޮމިނޭޓް ވެސް ވެފައިވާ ލަވަ އެކެވެ. އޭގެ ތެރޭގައި ގޯލްޑަން ގްލޯބްއަކާއި ގްރޭމީއެއް ވެސް ހިމެނެ އެވެ.