24 ޑިސެމްބަރ 2023 - 17:44

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޗެއާމަންގެ މަގާމަށް މުހައްމަދު އަފީފް ހުސެއިން މިއަދު އައްޔަނުކުރައްވައިފި އެވެ.
އަފީފް މީގެ ކުރިން ހުންނެވީ ހައުސިން އަދި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.
އަފީފް އަކީ ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ އިސް މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
އަފީފް ވަނީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފަ އެވެ.