އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމް ފަށައިފި
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމް ފަށައިފި

ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމަށް އެމްޕީއެލްއިން ކުރިއަށް ގެންދާ އިންޓާންޝިޕް ޕްރޮގުރާމް ފަށައިފި އެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމް ފަށައިފި
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމް ފަށައިފި

މި ޕްރޮގުރާމަކީ އެ ކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން ހިންގާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ފެށުމުގެ ގޮތުން މިއަދު ބޭއްވި އޮރިއަންޓޭޝަން ސެޝަނުގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ޕްރޮގުރާމްގެ ބައިވެރިންނާ ބައްދަލުކުރެއްވި އެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމް ފަށައިފި
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމް ފަށައިފި

އެ ބައްދަލުވުމުގައި ވަޖީހު ވަނީ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް އެ ކުންފުނީގެ ދާއިމީ ވަޒީފާތަކުން ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުންފުނީގެ ވަޒީފާގައި ދެމިހުރެގެން އެ ކުންފުނީގެ ހަރަދުގައި މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތުތައް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ ޕޯޓުގެ އެކި ދާއިރާގައި މަސައްކަތްކުރާނެ ޒުވާނުން ބިނާކުރުމަށް އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.

މި ޕްރޮގުރާމުގައި ދަރިވަރުންނަށް ތަމްރީނު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް، ފެބްރިކޭޝަން އޮފް ބްރާސް އިމްޕެލާ، ކާޕެންޓްރީ، ޕަވަރަ ޖެނަރޭޝަން އެންޑް ޑިސްޓްރިބިއުޝަން، އެޗްވީއޭސީ އެންޑް އިލެކްޓްރިކަލް ސާވިސް، ގްރެފިކްސް ޑިޒައިނިން، ކޮޕީ ރައިޓިން، ސިވިލް އިންޖިނިއަރިން/ސާވޭއިން އަދި އާކިޓެކްޗަރަލް ޑްރާފްޓިން އެވެ.

މި ޕްރޮގްރާމްގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ކުއްޖަކަށް ވެސް މެންޓާއެއް ހަމަޖައްސާނެ އެވެ. މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މައުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓާގެ ގޮތުގައި ކަނޑައަޅާފައިވާ މުވައްޒަފުންނެވެ.

މި ޕްރޮގުރާމު ކުރިއަށް ދާނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގުރާމުގައި 3 ދަރިވަރުން ބައިވެރިވި އެވެ.