ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ތުރުކީވިލާތުން ރާއްޖެ އަށް ދޭ ސްކޮލާޝިޕްގެ 30 ފުރުސަށް ކުރިމަތިލާން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ "ޓާކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސް"ގެ ރައީސް، އަބްދުالله އެރެންއާ ބައްދަކު ކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ތުރިކީން ދޭ ސްކޮލާޝިޕްތަކުގެ އަދަދު ވަނީ 30 އަށް އިތުރުކޮށްދެއްވައިފަ އެވެ.

މިފަހަރު ސްކޮލާޝިޕްތައް ދީފައި ވަނީ ޓްރޭނިން ނީޑްސް ލިސްޓްގައިވާ އެކިއެކި ދާއިރާތަކުން 15 ބެޗްލާސް ޑިގްރީ އާއި 10 މާސްޓާސް ޑިގްރީގެ އިތުރުން ފަސް ޑޮކްޓޯރަލް ޑިގްރީ އެވެ.

ހަޔާ އެެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޮލާޝިޕްގައި ޓިއުޝަން ފީ އާއި މެޑިކަލް އިންޝުއަރެންސް އާއި ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް ހަމަޖައްސާނީ ކޯސް އިންތިޒާމް ކުރާ ފަރާތުން ކަމަށެވެ.

އަދި ފައިނަލް ސިލެކްޝަން ހަދާނީ ވެސް ކޯސް އިންތިޒާމް ކުރާ ފަރާތުން ކަމަށާއި އެއިން ލިބޭ ހަރަދުތަކާއި އެހެނިހެން މައުލޫމާތު މިނިސްޓްރީގެ އިއުލާނާއި ވެބްސައިޓާއި ތުރުކީގެ ވެބްސައިޓުގައި ހިމަނާފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ ސްކޮލާޝިޕްތަކަށް އެދޭނީ "މައިއެޑިޔު" ޕޯޓަލް (https://myedu.egov.mv/) މެދުވެރިކޮށެވެ. ޝައުވެރިވާ ފަރާތަކުން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ 1:30އާ ހަމައަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މުއްދަތު ހަމަވުމުން، އެޕްލިކޭޝަންތައް ވަޒަންކޮށް، ނަތީޖާ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރާނެ އެވެ.