ހިންނަވަރު ދާއިރާއަށް މުހަންމަދު: ބޭނުންވަނީ ބޮޑު ބަދަލެއް!
ހިންނަވަރު ދާއިރާއަށް މުހަންމަދު: ބޭނުންވަނީ ބޮޑު ބަދަލެއް!

ވާދަކުރައްވާ ފުރަތަމަ އިންތިހާބަށް ނުކުމެވަޑައިގަންނަވާއިރު މުހައްމަދު އަބްދުލްރަހުމާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އުފަން ރަށް، ޅ. ހިންނަވަރުގައި ޕީޕީއެމް/ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ ބައެއްގެ ތާއިދު ލިބިފައިވުމެވެ. ބައްޕަ، އަބްދުއްރަހްމާން ހުސެއިނަކީ ޑީއާރުޕީ ޒަމާނުއްސުރެ ސިޔާސީ ކަންކަމުގައި ރަށުގައި އިސްސަފުގައި އުޅުއްވި ބޭފުޅެކެވެ.

ހިންނަވަރު ދާއިރާއަށް މުހަންމަދު: ބޭނުންވަނީ ބޮޑު ބަދަލެއް!
ހިންނަވަރު ދާއިރާއަށް މުހަންމަދު: ބޭނުންވަނީ ބޮޑު ބަދަލެއް!

އެކަމަކު، އޭރު ވަޒީފާ އަދާކުރައްވަމުން ގެންދެވީ އެމްއެންޑީއެފްގައި ކަމަށް ވުމުން ސިޔާސީ ކަންކަމުގައި މުހައްމަދަށް އިސްކޮށް އުޅުއްވޭ ގޮތެއް ނުވި އެވެ. އެކަމަކު، އެ ތަނުން ވަކިވެ، މީޑިއާ ނެޓާ ގުޅުމަށްފަހު، މިހާރު އޭނާ އުޅުއްވަނީ އަމިއްލަ ވިޔަފާރީގަ އެވެ.

ހިންނަވަރު ދާއިރާއަށް މުހަންމަދު: ބޭނުންވަނީ ބޮޑު ބަދަލެއް!
ހިންނަވަރު ދާއިރާއަށް މުހަންމަދު: ބޭނުންވަނީ ބޮޑު ބަދަލެއް!

އުމުރުން 37 އަހަރުގެ މުހައްމަދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ހިންނަވަރު ދާއިރާއަށް ކުރިމަތިލައްވަނީ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން، އޭނާގެ ކެމްޕެއިންގައި އިސްކޮށް އުޅެނީ ޒުވާނުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށުގެ ތަރައްގީއާ އިޖުތިމާއީ ކަންކަމާ ގުޅޭގޮތުން ނިންމާ ނިންމުންތަކުގައި ޒުވާނުންގެ ބާރުވެރިކަމާއި އެ މީހުންނަށް ބަސް ކިޔޭނެ ގޮތް ވަރަށް މުހިއްމު ކަމަށެވެ.

"ފުރަތަމަ ވިޝަންއަކީ ޒުވާނުން މީގެ ތެރޭގައި ގެންގުޅެ، މި މީހުންނަށް ފުރިހަމަ ސިޔާސީ ބާރުވެރިކަން ހޯދުން. އޭގެ އިތުރުން ޒުވާނުން ކުރަންޖެހޭ މަސައްކަތްކޮށް އެ ދާއިރާގައި އެ މީހުންގެ ޝައުގުވެރިކަން އިތުރުކުރުމަކީ ވެސް އެއް ބޭނުން."

ޒުވާނުންނަކީ، މުހައްމަދުގެ ކެމްޕެއިންގައި އެއް ބަޔަށް ވިޔަސް އެ ނިމުނީއެއް ނޫނެވެ. ރަށުގެ ކަމުވޮށިގެންވާ ބޭފުޅުންނާއި އުމުރުން ދުވަސްވީ މީހުންގެ ފަރާތުން ލިބޭ ހިތްވަރުން، އަންނަ މަހުގެ 20 ގައި ބާއްވާ ޕްރައިމަރީން، ތިން ކެންޑިޑޭޓުންނާ ވާދަކޮށް ކާމިޔާބުވާނެ ކަމުގެ އުއްމީދު ވަރަށް ބޮޑެވެ.

އޭނާ މަޖިލީހަށް މި ކުރިމަތިލެއްވީ، ސިއްހަތާއި ތައުލީމާއި އިޖުތިމާއީ އަދި ވިޔަފާރީގެ ރޮނގުން ރަށަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ތަސައްވުރަކާއެކުގަ އެވެ. މުހައްމަދު ވިދާޅުވީ 5،000 ގެ އާބާދީއަކަށް އެކަށީގެންވާ ސިއްހީ ހިދުމަތެއް އެ ރަށުން ލިބޭކަށް ނެތް ކަމަށެވެ. އެހެންވެ، ހޮސްޕިޓަލްގެ އާ އިމާރާތާއެކު ލެބޯޓްރީގެ ވަސީލަތްތައް ފުޅާކޮށް އާ ހިދުމަތްތައް ފެށުމަށް ސަރުކާރާއެކު މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، ރަށުން ލިބޭ ތައުލީމް ރަނގަޅުކޮށް، އެކަމަށް ހިޖުރަކުރާ މީހުން މަދުކުރުމާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމާއި އަލަށް ގޯތި ދޫކޮށްފައިވާ ސަރަހައްދުތަކުގައި ވީހާ ވެސް އަވަހަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައިދީ، އިތުރަށް ތަރައްގީކޮށް، އުފާވެރި މާހައުލެއްގައި ހިތްހަމަޖެހިލައިގެން އުޅެވޭނެ މާހައުލެއް މަގުފަހިކޮށްދިނުމަކީ، އިންތިހާބުވެއްޖެނަމަ މުހައްމަދު އެންމެ އިސްކަންދޭނެ ކަންތަކެވެ.

ނޯޓް: މިއީ ޕްރޮމޯޝަން އާޓިކަލް އެކެވެ.