21 ޑިސެމްބަރ 2023 - 13:35

އަހަރީ ހިސާބު ނިންމަން މި މަހުގެ 31 ވަނަ ދުވަސް ބީއެމްއެލް ބަންދު ވާނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ކޮންމެ އަހަރެއްގެ ފަހު ދުވަސް ބޭންކުތައް ބަންދުވާ އިރު، ހަފްތާ ބަންދު ވަންނާތީ، ބީއެމްއެލްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތަކުން ހިދުމަތް ލިބޭނެ އެންމެ ފަހު ދުވަހަކީ މި މަހުގެ 28 ވާ ބުރާސްފަތި ދުވަހެވެ. ދެން ހުޅުވާނީ ޖެނުއަރީ 2 ގަ އެވެ.
އެ މުއްދަތުގައި ބްރާންޗުތައް ބަންދުވިޔަސް، އޭޓީއެމްތަކުންނާއި މޯބައިލް އަދި އިންޓަނެޓް ބޭންކިންގެ ހިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.
އަދި ބީއެމްއެލްގެ ކޮންޓެކްޓު ސެންޓަރު މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް ހިދުމަތް ލިބޭނެ ކަމަށް ބުންޏެވެ.