އައިވްސްގެ އަހަރީ ސޭލްގައި 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދެނީ
އައިވްސްގެ އަހަރީ ސޭލްގައި 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދެނީ

ބޮޑެތި ޑިސްކައުންޓުތަކެއް ދޭ، އައިވްސްގެ އަހަރީ ސޭލް ފަށައިފި އެވެ.

އައިވްސްގެ އަހަރީ ސޭލްގައި 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދެނީ
އައިވްސްގެ އަހަރީ ސޭލްގައި 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދެނީ

މި ސޭލްގައި އެ ފިހާރައިން ވިއްކާ ވަރަށް ގިނަ ޕްރޮޑަކްޓުތަކަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އޭގެ ތެރޭގައި ކުލަ، ޕަވާ ޓޫލްސް، ހޭންޑް ޓޫލްސް، ކޮންސްޓްރަކްޝަން ކެމިކަލްސް، ފްލޯރިން، ހާޑްވެއާ، ދޮރު، ސެނިޓަރީ ވެއާ ފަދަ ޕްރޮޑަކްޓުތައް ހިމެނެ އެވެ.

އެ ފިހާރައިން ބުނި ގޮތުގައި މި ޕްރޮމޯޝަނުގައި އެ ތަނުން ވިއްކާ އިންޓަނޭޝަނަލީ ރިކޮގްނައިޒްޑް ބްރޭންޑްތައް ކަމަށްވާ ކޭސީސީ ޕެއިންޓާއި ކޮންމިކްސް ކޮންސްޓްރަކްޝަން ކެމިކަލްސް އާއި ވޯކްސައިޓް އެންޑް ހާޑަން ޕަވާ ޓޫލްސް އާއި ހާޑްވެއާ އާއި ޓޫލްސްއިން 25 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު، ޓައިލްސްއިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު އަދި ފްލޯރިން އަށް 10 ޕަސެންޓް ދަެނެ އެވެ. އަދި އިންސްޓޯލްކޮށްދިނުމުގެ ހިދުމަތުން 50 ޕަސެންޓުގެ ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވެ އެވެ.

އެ ފިހާރައިން ބުނީ އެ ތަނުގެ ސޯޝަލް މީޑިއާ ޕޭޖުތަކުން، މި ޕްރޮމޯޝަނުގައި ދިނުމަށް ހަމަޖެހިފައިވާ ގިވްއަވޭތަކުގެ މައުލޫމާތުތައް ޕޯސްޓުކުރަމުން ދާނެ ކަމަށެވެ.

މި ޕްރޮމޯޝަން އައިވްސްގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް ދާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.

އައިވްސް އިން 2009 ވަނަ އަހަރުން ފެށިގެން، ފެންވަރު ރަނގަޅު އުފެއްދުންތައް ތައާރަފްކުރަމުން އަންނައިރު މިއީ އެ ފިހާރައިން ބޮޑެތި ޑިސްކައުންޓްތަކާ އެކު އަހަރީ ސޭލް ބާއްވަމުން އަންނަ ތިން ވަނަ އަހަރެވެ.