އާރްސީއެލް އިން ކުޅުދުއްފުށީގައި ޓޫރިޒަމް ޒޯނެއް ހަދަނީ
އާރްސީއެލް އިން ކުޅުދުއްފުށީގައި ޓޫރިޒަމް ޒޯނެއް ހަދަނީ

ރީޖަނަލް އެއާޕޯޓް (އާއޭސީއެލް)އިން ހދ. ކުޅުދުއްފުށީ ކައުންސިލާ އެކު އެ ރަށުގެ އެއާޕޯޓާ އިންވެގެން ކުޅި ހިމެނޭހެން އުތުރަށް އޮންނަ ހުސް ބިމުގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ވާ ގޮތުން މި ތަން ތަރައްގީކުރުމަށް ބޭނުންވާ ފަންޑިން ހޯދުމަށް ވެސް ހަމަޖެހިފައި ވަނީ އާރްއޭސީއެލްއިންނެވެ.

އާރްއޭސީއެލް އިން ބުނި ގޮތުގައި އެ މަޝްރޫއުގެ މަގުސަދަކީ ބޭނުންނުކޮށް އޮންނަ އެ ބިމުން ރަށުގެ އެންމެނަށް މަންފާކުރާނެ ގޮތަކަށް ބިމުގެ ބޭނުން ހިފުން ކަމަށެވެ. އަދި މި މަޝްރޫއަކީ ކުޅުދުއްފުށި ސިޓީ އާއި ކުޅުދުއްފުށީގައިވާ އެހެނިހެން ގެސްޓްހައުސްތަކާއި ވިޔަފާރިތައް އިތުރަށް ދުނިޔޭގައި މާކެޓްވެގެން ދިއުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

މި މަޝްރޫއުގެ ކުޅުދުއްފުށި އެއާޕޯޓުގެ ފްލައިޓް މޫވްމަންޓަތައް ވެސް އިތުރުވެގެން ދާނެ ކަމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ. އަދި މި މަޝްރޫއުގެ ސަބަބުން އިގުތިސާދީ އިތުރު ކުރިއެރުން ރަށަށް ގެނައުވައިދީ ވަޒީފާގެ ފުރުސަތުތަކެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އާރްއޭސީއެލްއިން ބުނި ގޮތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި އަހުމަދު މުބީން އެ ކުންފުނީގެ ހިންގުމާ ހަވާލުވިފަހުން ގިނަ މަޝްރޫއުތަކެއް ފަށައި އެ ކުންފުންޏަށް އިންގިލާބީ ބަދަލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

އާރްއޭސީއެލްއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަތް އެއާޕޯޓު ދަނީ އޮޕަރޭޓު ކުރަމުންނެވެ.