އެސްޓީއޯގެ 59 އަހަރު: ސިއްހީ ދާއިރާ އަށް ބޮޑު އިންގިލާބެއް ގެނައި
އެސްޓީއޯގެ 59 އަހަރު: ސިއްހީ ދާއިރާ އަށް ބޮޑު އިންގިލާބެއް ގެނައި

މިއަދު 59 އަހަރު ފާހަގަކުރަމުންދާ އެސްޓީއޯ އަކީ ރާއްޖޭގެ ގިނަ ދާއިރާތަކެއްގައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ. މި ކުންފުންޏަކީ އާއްމުންނަށް ކުރިމަތިވާ ދަތިތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރާ ކުންފުންޏަކަށް ވާއިރު, މި ކުންފުނިން އާއްމުންނަށް އެންމެ ބޮޑެތި ލުއިތަކަކާއި ފަސޭހަތަކެއް ގެނެސްދީފައި ވަނީ ސިއްހީ ދާއިރާއިންނެވެ.

އެސްޓީއޯގެ 59 އަހަރު: ސިއްހީ ދާއިރާ އަށް ބޮޑު އިންގިލާބެއް ގެނައި
އެސްޓީއޯގެ 59 އަހަރު: ސިއްހީ ދާއިރާ އަށް ބޮޑު އިންގިލާބެއް ގެނައި

ސިއްހީ ދާއިރާއިން ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަދު ފެންނަމުންދާ ތަރައްގީ އާއި ކުރިއެރުމުގައި އެސްޓީއޯ އަކީ މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގެ ސިއްހީ ދާއިރާ އަށް އެންމެ ފުރަތަމަ ވަނީ 1983 ވަނަ އަހަރު އެވެ. އެ އަހަރު އެ ކުންފުނީގެ ދަށުން އެސްޓީއޯ މެޑިކަލްސް އުފައްދާ ކުންފުނީގެ ފުރަތަމަ ފާމަސީ ހުޅުވި އެވެ.

އެސްޓީއޯގެ 59 އަހަރު: ސިއްހީ ދާއިރާ އަށް ބޮޑު އިންގިލާބެއް ގެނައި
އެސްޓީއޯގެ 59 އަހަރު: ސިއްހީ ދާއިރާ އަށް ބޮޑު އިންގިލާބެއް ގެނައި

މި ފާމަސީ އަކީ އޭރު ބޭހުގެ އަގުތައް ބޮޑުވެ އާއްމުން ކުރަމުން ދިޔަ ޝަކުވާތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހުޅުވި ފާމަސީ އެކެވެ. އެއަށް ފަހު އެސްޓީއޯ ފާމަސީވެފައި ވަނީ ހޯދަން އުނދަގޫ ގިނަ ބޭސްތަކެއް ފަސޭހައިން ހެޔޮ އަގުތަކުގައި ލިބެން ހުންނަ ތަނެއްގެ ގޮތުގަ އެވެ.

އެސްޓީއޯގެ 59 އަހަރު: ސިއްހީ ދާއިރާ އަށް ބޮޑު އިންގިލާބެއް ގެނައި
އެސްޓީއޯގެ 59 އަހަރު: ސިއްހީ ދާއިރާ އަށް ބޮޑު އިންގިލާބެއް ގެނައި

މާލޭގައި ހުޅުވި އެންމެ ފާމަސީއަކުން ފެށި ހިދުމަތް ފުޅާކޮށް މިއަދު މި ކުންފުންޏަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފާމަސީގެ ހިދުމަތް ދޭ ކުންފުންޏެކެވެ. މި ކުންފުނީގެ 193 ފާމަސީއާ އެކު ރާއްޖޭގެ އެންމެ ބޮޑު ސަޕްލައި ޗެއިންގެ ގޮތުގައި އޮތް މި ކުންފުންޏަކީ ރާއްޖެ އަށް އެންމެ ފުރަތަމަ އޮންކޮލަޖީ ބޭސް ވެސް ތައާރަފްކުރި ކުންފުންޏެވެ.

އެސްޓީއޯ އަކީ ރާއްޖެ އަށް ބޭސް ގެނައުމުގެ އިތުރުން މެޑިކަލް އިކުއިޕްމަންޓު ގެނައުމުގެ މަސައްކަތްތައް ވެސް 2010 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ކުންފުންޏެކެވެ. އެ މަސައްކަތުގެ ދަށުން އައިޖީއެމްއެޗާއި ރާއްޖޭގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލުތަކާއި ހެލްތު ފެސިލިޓީތަކަށް ބޭނުންވާ އެންމެ ކުޑަ ޑިވައިސްއިން ފެށިގެން އެންމެ ބޮޑެތި އިކުއިޕްމެންޓްތައް ފޯރުކޮށްދީ، ސެޓަޕްތައް ހަދައި، އެ އިކުއިޕްމަންޓުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ދިނުމާއި މެއިންޓެނަންސް އަދި އާފްޓާ ސޭލްސް ސާވިސްތަކާއި އެހެނިހެން ސަޕޯޓު ވެސް މި ކުންފުނިން ދަނީ ފޯރުކޮށްދެމުންނެވެ. މިއާ އެކު މިއަދު ރާއްޖޭގެ ސިއްހީ ދާއިރާގެ އެންމެ ބޮޑު އިކުއިޕްމެންޓް ސަޕްލަޔަރު އަދި ބަޔޯމެޑިކަލް ސާވިސް ޕްރޮވައިޑާ އަކީ އެސްޓީއޯއެވެ.

މި ކުންފުނިން ރާއްޖެ އަށް ބޭނުންވާ މެޑިކަލް ސަޕްލައި ފޯރުކޮށްދިނުމުގެ މަސައްކަތް ފެށި ހިސާބުން ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެނުވި އިކުއިޕްމަންޓާއި މެޝިންތައް ވަނީ ގެނެސްފަ އެވެ. މި ކުންފުންޏަކީ ރާއްޖެ އަށް އެންމެ ފުރަތަމަ އެމްއާރުއައި މެޝިނެއް ގެނައި ކުންފުންޏެވެ. އަދި މި ކުންފުންޏަކީ ރާއްޖޭގައި އަލަށް ނޮން އިންވޭސިވް ލިވާ ސްކޭން ކުރެވޭ މެޝިނު ވެސް ފުރަތަމަ ގެނައި ކުންފުންޏެވެ. މި ކުންފުނިން މިހާރު ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގެ ރީޖަނަލް ހޮސްޕިޓަލުތައް ތަރައްގީކޮށް އޮޕްޓިމައިޒްކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ހިންގާ މި ފަދަ އެކި ހިދުމަތްތައް އެ ހޮސްޕިޓަލުތަކުން ދެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސައިފަ އެވެ. މި ކުންފުނިން މިހާރު އަންނަނީ ރާއްޖޭގެ 193 އަށް ވުރެ ގިނަ ހެލްތު ފެސިލިޓީތަކަށް ބޭނުންވާ ހޮސްޕިޓަލް ސަޕްލައިތައް ވެސް ފޯރުކޮށްދެމުންނެވެ. އެސްޓީއޯގައި މި ވަގުތު މެޑިކަލް ސަޕްލައި ރައްކާކުރާނެ ތިން ވެއާ ހައުސް ހުރެ އެވެ.

އައިޖީއެމްއެޗުގެ ސީއެސްއެސްޑީ ޕްރޮޖެކްޓްގެ ސިވިލް މަސައްކަތްކޮށް، އިކުއިޕްމަންޓް އިންސްޓޮލޭޝަނާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް ފެސިލިޓީ އަދި ލެބޯޓަރީ ސެޓަޕްތައް ހަދައިދިނުމުގެ މަސައްކަތާއި އެންޑީއެމްއޭއިން ހިންގި ކޮވިޑް 19 ހާލަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓުގައި މެޑިކަލް ކޮންޒިއުމަބަލް، ބޭސް އަދި އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓަކީ ވެސް އެސްޓީއޯއިން ހިންގާފައިވާ ފާހަގަކޮށްލެވޭ ބައެއް ޕްރޮޖެކްޓުތަކެވެ. އެސްޓީއޯ އަކީ މި ފަދަ ބޮޑެތި އެކި ޕްރޮޖެކްޓުތައް ހިންގާ ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތައް ކުރަމުންދާ ކުންފުންޏެކެވެ.

މި ކުންފުނިން ކުރިއަށް މި އޮތް އަހަރު ވެސް ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް މުހިންމު މަސައްކަތްތަކެއް ވަނީ ތާވަލްކޮށްފަ އެވެ. މި މަސައްކަތްތަކަކީ ދިވެހިންނަށް ސިއްހީ ދާއިރާއިން ބޮޑެތި ލުއި ފަސޭހަތަކެއް ގެނުވާނެ މަސައްކަތްތަކެކެވެ.