އަނެއްކާ ވެސް ފަތާ ޓްރެކް ނަޖިސްވާ މައްސަލަ: ހަތަރު އިދާރާއެއް ގުޅިގެން މަސައްކަތް ކުރަނީ
އަނެއްކާ ވެސް ފަތާ ޓްރެކް ނަޖިސްވާ މައްސަލަ: ހަތަރު އިދާރާއެއް ގުޅިގެން މަސައްކަތް ކުރަނީ

މާލޭގެ ދެކުނު ފަރާތުގައި އޮންނަ ފަތާ ޓްރެކް ނަޖިސްވާ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ތިން އިދާރާއަކާއި ސުވިމިން އެސޯސިއޭޝަނާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމައިފި އެވެ.

އަނެއްކާ ވެސް ފަތާ ޓްރެކް ނަޖިސްވާ މައްސަލަ: ހަތަރު އިދާރާއެއް ގުޅިގެން މަސައްކަތް ކުރަނީ
އަނެއްކާ ވެސް ފަތާ ޓްރެކް ނަޖިސްވާ މައްސަލަ: ހަތަރު އިދާރާއެއް ގުޅިގެން މަސައްކަތް ކުރަނީ

ފަތާ ޓްރެކް ނަޖިސްވުމަކީ ދޭތެރެދޭތެރެއިން ކުރިމަތިވާ މައްސަލައެކެވެ. މިދިޔަ އާދިއްތަ ދުވަހު ވެސް ފަތާ ފެންގަނޑު ވަރަށް ބޮޑަށް ނަޖިސްވެ، ބައެއް ކުދިންގެ ފެތުމުގެ ހަރަކާތްތައް ހުއްޓާލަން ޖެހުނެވެ. އެ ދުވަހު ހެނދުނު ބައެއް ކުދިން ފެތުމުގެ ޕްރެކްޓިސް އަށް ދިޔައިރު މުޅި ސަރަހައްދުގައި އޮތީ ނަޖިހެވެ.

އަނެއްކާ ވެސް ފަތާ ޓްރެކް ނަޖިސްވާ މައްސަލަ: ހަތަރު އިދާރާއެއް ގުޅިގެން މަސައްކަތް ކުރަނީ
އަނެއްކާ ވެސް ފަތާ ޓްރެކް ނަޖިސްވާ މައްސަލަ: ހަތަރު އިދާރާއެއް ގުޅިގެން މަސައްކަތް ކުރަނީ

އެހެންވެ، ކަމާ ބެހޭ އިދާރާތަކުން މިހާރު ވަނީ ފެން ނަގައި އެ ޓެސްޓް ކުރަން ފޮނުވައިފަ އެވެ.

ސުވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ މިއަދު ވިދާޅުވީ، ފަތާ ޓްރެކަށް މި ހަފުތާގައި ޖަމާވީ ކޮން އެއްޗެއްކަން ސާފުވާނީ ނަތީޖާ ބެލުމަށް ފަހު ކަމަށެވެ.

ސުވިމިން ޓްރެކް ތަޣައްޔަރުވާ މައްސަލަ އަށް ހައްލެއް ހޯދުމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އިއްޔެ ވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީ އަދި ސުވިމިން އެސޯސިއޭޝަންގެ ވެރިންނާ އެކު މަޝްވަރާ ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، ސުވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއީލް ވިދާޅުވީ، އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ ހަތަރު އިދާރާ ގުޅިގެން މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރުމަށެވެ.

"ހުރިހާ ސްޓޭކް ހޯލްޑަރުން ގުޅިގެން ވީ އެންމެ އަވަހަކަށް މައްސަލަ ހައްލު ކުރުމަށް އެއްބަސްވީ. މައްސަލަ ހައްލުކުރަން އަޅާނީ ކޮން ފިޔަވަޅެއް ކަމެއް އަދި ނުނިންމާ،" އިސްމާއީލް ވިދާޅުވި އެވެ.

ސުވިމިން ޓްރެކް ނަޖިސްވާ މައްސަލަ ދޭތެރެދޭތެރެއިން ފެންމަތިވިޔަސް އެއްވެސް އިރަކު ދާއިމީ ހައްލެއް މިހާތަނަށް ނުހޯދުނެވެ. ބެލެނިވެރިންގެ ކަންބޮޑުވުން އިންތިހާ އަށް އޮތަސް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން މިހާތަނަށް މަޝްވަރާ ކުރުން ފިޔަވައި މާ ބޮޑު ކަމެއް ނުކުރެވެ އެވެ.