ނެޓްފްލިކްސްގެ ޕްރޮޖެކްޓަޖަށް ދީޕިކާ ގެންނަން މަސައްކަތްކުރަނީ
ނެޓްފްލިކްސްގެ ޕްރޮޖެކްޓަޖަށް ދީޕިކާ ގެންނަން މަސައްކަތްކުރަނީ

ނެޓްފްލިކްސްގެ ޕްރޮޖެކްޓަށް ދީޕިކާ ޕަދުކޯން ގެނައުމުގެ މަސައްކަތް އެ ޕްލެޓްފޯމުން ފަށައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި މި ޕްރޮޖެކްޓަކީ އިންޑިއާގެ ޑްރަގް މާފިއާ ކަލްޗާ އޮންނަ ގޮތާ ގުޅޭ ގޮތުން ހަދަން ހަމަޖެހިފައިވާ ޕްރޮޖެކްޓެކެެވެ. މި ޕްރޮޖެކްޓަކީ ފިލްމެއް ކަމެއް ނުވަތަ ސީރީޒެއް ކަމެއް އަދި ނޭނގެ އެވެ.

މި ޕްރޮޖެކްޓަކީ އިންޑިއާގެ ޑްރަގް މާފިއާ ކަލްޗާގެ އަންހެން ޕާސްޕެކްޓިވް އިން ގެނެސްދޭ މެގަ އެކްޝަން ތްރިލާއެކެވެ. މި ޕްރޮޖެކްޓަށް ދީޕިކާ ގެނައުމުގެ މަޝްވަރާތައް މިހާރު ކުރިއަށް ދާއިރު، މި ޕްރޮޖެކްޓުގެ ކޮންޓްރެކްޓުގައި އޭނާ ސޮއިކޮށްފި ނަމަ އަންނަ މަހު ޝޫޓިން ފެށޭނެ ކަމަށް ބުނެ އެވެ.

ދީޕިކާގެ ފުރަތަމަ ސްޓްރީމިން ޕްލެޓްފޯމް ފިލްމު ނެރުނީ މިދިޔަ އަހަރު އެމެޒަން ޕްރައިމް އަށެވެ. އެ ފިލްމަށް ލިބުނު ބޮޑު ތަރުހީބުގެ ސަބަބުން އިތުރު ސްޓްރީމިން ޕްލެޓްފޯމް ޕްރޮޖެކްޓުތަކެއްގައި މަސައްކަތް ކުރުމަށް އޭނާ ބޭނުންވެފައި ހުރި ކަމަށް މީޑިއާތަކުން ބުނެ އެވެ.