މަންމައަށް ހަމަލާދިނީ ނަފްސާނީ ބަލީގެ މީހެއް، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި
މަންމައަށް ހަމަލާދިނީ ނަފްސާނީ ބަލީގެ މީހެއް، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި

ހުޅުމާލެ 1ގައި ހުންނަ ފްލެޓުގައި ހިނގި ހަމަނުޖެހުމުގައި މަންމައަށް ހަމަލާދިނީ ނަފްސާނީ ބަލީގެ މީހެއް ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގެއެއްގެ ތެރޭގައި ފިރިހެނަކު، އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ރޭ 7:00 ހާއިރު ޕޮލިހަށް ވަނީ ހުށަހަޅައިފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ، ފުލުހުން ރޭ ބުނީ 51 އަހަރުގެ އަންހެން މީހާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ނުލިބެ އެވެ. އަދި 25 އަހަރުގެ ޒުވާނާ، އޭނާގެ މަންމައަށް ހަމަލާދިނީ އާއިލީ މައްސަލައެއްގެ ތެރެއިން ކަމަށް ވެސް ބުންޏެވެ.

އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުކުރެވޭ މީހާއަށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.