ސިޓީ އޮޕްޓިކަލް އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދެނީ
ސިޓީ އޮޕްޓިކަލް އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދެނީ

ސިޓީ އޮޕްޓިކަލްގައި 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދޭ އަހަރީ ސޭލް ފަށައިފި އެވެ.

މިއީ އަންނަ މަހުގެ 31ގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ޑިސްކައުންޓު ދޭ ޕްރޮޑަކްޓުތަކުގެ ތެރޭގައި ފްރޭމާއި ލެންސާއި ކޮންޓެކްޓް ލެންސާއި އަވިއައިނު ވެސް ވަނީ ހިމަނައިފަ އެވެ.

މި ޕްރޮމޯޝަނަށް ހާއްސަކޮށް މަޝްހޫރު ބްރޭންޑްތަކުގެ އަވި އައިނާއި ފްރޭމްގެ ޓްރެންޑިން ކަލެކްޝަނެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ޖަރުމަނު ވިލާތުގެ ޒައިސް ބްރޭންޑުގެ ލެންސް ވެސް ހާއްސަ އަގުތަކެއްގައި ލިބޭނެ ކަމަށް ސިޓީ އޮޕްޓިކަލުން ބުންޏެވެ. ޒައިސް އަކީ ނަމްބަރު އައިނުގެ ލެންސް އުފެއްދުމުގައި 175 އަހަރުގެ ތަޖުރިބާ ހުރި ޕްރީމިއަމް އަދި ސުޕާ ޕްރީމިއަމް ކެޓެގަރީގެ ލެންސް އުފެއްދުމުގައި ދުނިޔޭގެ އެންމެ މަގުބޫލު އެއް ކުންފުންޏެވެ. އެ ކުންފުނީގެ އުފެއްދުންތަކުގެ ތެރޭގައި ކުލަބަދަލުވާ ލެންސް ވެސް ހިމެނެ އެވެ.

ސިޓީ އޮޕްޓިކަލް އިން ކަސްޓަމަރުންނަށް ދޭ ހިތުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން، މިހާރު ވަނީ ހަފްތާގެ ހުރިހާ ދުވަހަކު ހިދުމަތްދޭ ގޮތަށް ހަމަޖައްސައިފަ އެވެ. ސިޓީ އޮޕްޓިކަލް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:30 އިން 10:30 އަށް އަދި ހުކުރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ. މި ތަނުން ކުރިން އެޕޮއިންޓްމަންޓް ހެދުމަކާނުލާ ލޮލުގެ ނަމްބަރު ނެގުމުގެ ހިދުމަތް ދޭނެ އެވެ.

ސިޓީ އޮޕްޓިކަލް ހުންނަނީ ހުޅުމާލެ ސެންޓްރަލް ޕާކް ކުރިމަތީގަ އެވެ.