ޓެކާސް ގްރޭޓާ މާލޭ ކަޕް: ސެމީގައި ބީޖީ، ޖޭޖޭ، ގާފަރު، ފަސްގަނޑު
ޓެކާސް ގްރޭޓާ މާލޭ ކަޕް: ސެމީގައި ބީޖީ، ޖޭޖޭ، ގާފަރު، ފަސްގަނޑު

މިހާރު ކުރިއަށްދާ ޓޭކާސް ގްރޭޓާ މާލޭ ކަޕްގެ ފޯރިގަދަ ކުއާޓާ ފައިނަލްގެ މެޗުތައް ނިމި، ސެމީ ފައިނަލަށް ޓީމުތައް ހޮވިއްޖެ އެވެ.

ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިފައި ވާއިރު، 8 ޖަހާއިރު ކުޅޭ ފުރަތަމަ ސެމީ ފައިނަލްގައި ކުޅޭނީ ބީޖީ ސްޕޯޓްސް ކްލަބާއި ޖޭޖޭ ސްޕޯޓްސް ކްލަބެވެ. އަދި 9 ޖަހާއިރު ފަށާ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގާފަރު ފުޓްސަލް ޓީމާއި ފަސްގަނޑު ސްޕޯޓްސް ކްލަބެވެ.

ބީޖީ ސްޕޯޓްސް އިން ސެމީ އަށް ދަތުރުކުރީ ކުއާޓާގައި ރެޑް ބެރެލްސްއާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީޖީގެ ހުސެއިން އަފްސަލް އެވެ.

އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ކުއާޓާގައި ކާމިޔާބު ހޯދީ ޖޭޖޭ ސްޕޯޓްސް އެވެ. އެޓީމު ސެމީ އަށް ދަތުރު ކުރީ އަލީ ޝިޔާހު (ޝިޔާ) ގެ މޮޅު ކުޅުމާ އެކު 6-1 އިން ފަސްތަރި ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.

ގާފަރުން ސެމީ އަށް ދިޔައީ، އެޓީމުގެ އަލީ މާއިސް (މައްޓު) ގެ މޮޅު ކުޅުމާ އެކު 4-3 އިން ވަރުގަދަ ރެމްޕޭޖް ބަލިކޮށްފަ އެވެ.

ފަސްގަނޑު ސްޕޯޓްސް އިން ސެމީގެ ފަހު ޖާގަ ހޯދީ 2-1 އިން ކްލަބް ޓީނޭޖް ބަލިކޮށްފަ އެވެ. އެ މެޗުގައި އެންމެ މޮޅަށް ކުޅުނީ ފަސްގަނޑުގެ އަބްދުﷲ ވިޝާމް އެވެ.

މިރޭ ކުޅޭ ސެމީ ފައިނަލްގެ މެޗުތަކަށް ފަހު، މޮޅުވާ ދެ ޓީމު ވާދަކުރާ ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެ ރެއެވެ.