ނިއު ޒީލެންޑުގެ ގޮނޑުދޮށަށް ލައްވި 100 އަށް ވުރެ ގިނަ ބޮޑުމަސް ފުންކޮށްފި
ނިއު ޒީލެންޑުގެ ގޮނޑުދޮށަށް ލައްވި 100 އަށް ވުރެ ގިނަ ބޮޑުމަސް ފުންކޮށްފި

ވެލިންޓަން (ފެބްރުއަރީ 11) - ނިއު ޒީލެންޑުގެ ގޮނޑުދޮށަކަށް ލައްވި 400 ވަރަކަށް ބޮޑުމަހުގެ ތެރޭން 100 އަށް ވުރެ ގިނަ ބޮޑުމަސް އެ ގައުމުގެ ވޮލަންޓިއަރުންގެ ބަޔަކު ފުންކޮށް ކަނޑަށް ދޫކޮށްލައިފި އެވެ.

ނިއު ޒީލެންޑުގެ ގޮނޑުދޮށަށް ލައްވި 100 އަށް ވުރެ ގިނަ ބޮޑުމަސް ފުންކޮށްފި
ނިއު ޒީލެންޑުގެ ގޮނޑުދޮށަށް ލައްވި 100 އަށް ވުރެ ގިނަ ބޮޑުމަސް ފުންކޮށްފި

ސައުތު އައިލެންޑަށް ލައްވި ބޮޑުމަހުގެ ތެރޭން ގިނަ އެއްޗެހި ވަނީ މަރުވެފަ އެވެ. ބޮޑުމަސް ފުން ކުރުމުގައި ވަނީ ގިނަ ބަޔަކު އެހީތެރިވެދީފަ އެވެ. ކޮންޒަވޭޝަން ޑިޕާޓްމަންޓުގެ ރީޖަނަލް މެނޭޖަރު އެންޑްރޫ ލަމަސޮން ވިދާޅުވީ ބޮޑު މަސްތައް ފަސޭހަ އިން ފުން ކުރެވިފައި ވަނީ ބޮޑެތި ބާނިތައް ނެގުމާ އަދި މޫދު ސާފުވުމުން ކަމަށެވެ.

ބޮޑު މަހާއި ކޯސް ދޮނޑުދޮށަށް ލައްވާ ވަކި ސަބަބެއް ސައެންސްވެރިންނަކަށް ޔަގީންކަމާ އެކު ބުނާކަށް ނޭނގެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި ބޮޑު މަސް ލައްވަނީ ކޮންމެވެސް އަނިޔާއެއް ލިބިގެން ނުވަތަ ނެވިގޭޝަނަށް މިސްޓޭކެއް ޖެހިގެންނެވެ. އަދި ލައްވާ ބޮޑު މަހުން ފޮނުވާ ޑިސްޓްރެސް ސިގްނަލްއާ އެކު އިތުރު ބޮޑު މަސް އެ ދިމާލަށް މިސްރާގު ޖަހާ އަދި އެ އެއްޗެހި ވެސް ގޮނޑުދޮށަށް ލައްވެ އެވެ.

ނިއު ޒީލެންޑުގެ ގޮނޑުދޮށްތަކަށް އާއްމުކޮށް ބޮޑު މަސް ލައްވެ އެވެ. މި ގޮތަށް އެންމެ ގިނައިން ބޮޑު މަސް ލައްވާ ރޭޓް އެންމެ މަތީގައި އުޅޭ ގައުމުތަކުގެ ތެރޭގައި ނިއު ޒީލެންޑް ހިމެނެ އެވެ. ކޮންމެ އަހަރަކު ވެސް އެ ގައުމަށް 300 އަށް ވުރެ ގިނަ ބޮޑު މަހާއި ކޯމަސް ލައްވާ ކަމަށްވެ އެވެ. ފެބްރުއަރީ، 2015 ގައި ވެސް ސައުތު އައިލެންޑަށް 200 އަށް ވުރެ ގިނަ ބޮޑު މަސް ލައްވި އެވެ. މީގެ ތެރޭން ދެބައިކުޅަ އެއްބައި އެއްޗެހި ވަނީ މަރުވެފަ އެެވެ.