18 ޑިސެމްބަރ 2023 - 10:16

ބީޓީއެސްގެ ލަވަކިޔުންތެރިޔާ ސްޕޮޓިފައިގައި ހަތަރު ބިލިއަން ސްޓްރީމްސް ހޯދައިފި އެވެ.
މިއީ ކޭޕޮޕްގެ ސޯލޯ އާޓިސްޓަކަށް މިހާތަނަށް ލިބުނު އެންމެ ގިނަ ސްޓްރީމްސް އެވެ.
ސޯލޯ އާޓިސްޓެއްގެ ގޮތުގައި ޖަންކުން ލަވަ ރިލީޒްކުރަން ފެށީ ދާދި ފަހުންނެވެ. އޭނާގެ ފުރަތަމަ ސޯލޯ ޑެބިއު އަލްބަމް "ގޯލްޑަން" ނެރުނީ މިދިޔަ މަހު އެވެ.
މި އަލްބަމަށް އެކަނި ދެ ބިލިއަން ސްޓްރީމްސް ވަނީ ލިބިފަ އެވެ. އޭނާ އަކީ ޖެހިޖެހިގެން ފަސް ހަފްތާ ވަންދެން ބިލްބޯޑް 200ގެ ޓޮޕް 40 ޗާޓުގައި ހިމެނުނު ފުރަތަމަ ކޭޕޮޕް އާޓިސްޓެވެ.
ބީޓީއެސްގެ ބޭންޑް މި ވަގުތު އޮތީ ބްރޭކެއްގަ އެވެ. މި ބްރޭކަކީ ބޭންޑުގެ މެމްބަރުން، ކޮރެއާގެ މިލިޓަރީގެ ހިދުމަތާ ގުޅެން ޖެހުމުން ނެގި ބްރޭކެކެވެ.