އެފްއޭއެމްގެ އިންތިހާބު އަވަސްކޮށް އަންނަ މަހު 31 ގައި ބާއްވަން އިއުލާންކޮށްފި
އެފްއޭއެމްގެ އިންތިހާބު އަވަސްކޮށް އަންނަ މަހު 31 ގައި ބާއްވަން އިއުލާންކޮށްފި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ނިމެން، ބާކީ ހަމަސް އޮއްވައި، އެ އެސޯސިއޭޝަނުގެ އިންތިހާބު އަވަސްކޮށް އަންނަ މަހު 31 ގައި ބާއްވަން އެފްއޭއެމުން މިއަދު ނިންމައިފި އެވެ.

އެފްއޭއެމުން ބުނީ، އިންތިހާބު އަވަސް ކުރުމަށް ނިންމީ، އެކްސްކޯގެ ބައްދަލުވުމުގައި ކަމަށެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް، މީީޑއާ ގުރޫޕަށް ފޮނުވި، ބަޔާނުގައި ބުނެފައި ވަނީ، 45 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން އެކްސްކޯއިން ނިންމާފައިވާ ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، މި މަހު 27 ވަނަ ދުވަހުގެ 2 ޖެހުމުގެ ކުރިން ހުށަހެޅުމަށް އެ ބަޔާނުގައި ބުނެފައި ވެެވެ.

އެ ބަޔާން މީޑިއާ ގުރޫޕްގައި ހިއްސާ ކުރި ފަހުން، ޖައުންޝަން ފަހުން ވަނީ އެ ބަޔާން ޑިލީޓްކޮށްލާފަ އެވެ. އޭނާ ވިދާޅުވީ، ޑިލްޓްކޮށްލީ ކުށެއް އިސްލާހުކޮށްލަން ޖެހޭތީކަމަށެވެ.

މި އިދާރާގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިންތިހާބުގެ އެންމެހައި ކަންކަން ކުރިއަށްގެންދަވާނީ ވެސް އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީގެ ފަރާތުންކަން ވެސް މި ފުރުސަތުގައި ފާހަގަ ކުރަމެވެ،" ޖައުޝަން ޑިލްޓް ކުރި ބަޔާނުގައި ވެއެވެ.

އެފްއޭއެމްގެ އިންތިހާބު އަވަސްކުރަން، ނިންމި އިރު ބައްސާމްގެ އިތުބާރު ނެތްކަމަށް ސޮއި ހޯދުމުގެ މަސައްކަތް ބައެއް ކަލްބްތަކުން ވަނީ ފަށައިފަ އެވެ. އެ މަސައްކަތް ފަށާފައިވާ ކަމަށް އިއުލާން ކުރެއްވީ، އެ އިދާރާގެ ކުރީގެ ރައީސް އަދި އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައިވާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ.