އައިޝްވަރިޔާގެ ދަރިފުޅުގެ އެކްޓިން ފެންނަ ވީޑިއޯއެއް
އައިޝްވަރިޔާގެ ދަރިފުޅުގެ އެކްޓިން ފެންނަ ވީޑިއޯއެއް

އައިޝްވާރިޔާ ރާއި އާއި އަބީޝެކް ބައްޗަންގެ ދަރިފުޅު އަރަދިޔާ ބައްޗަންގެ އެކްޓިން ފެންނަ ވީޑިއޯއެއް ވައިރަލް ވެއްޖެ އެވެ.

މި ވީޑިއޯ އަކީ އުމުރުން 12 އަހަރުގެ އަރަދިޔާ، ސްކޫލްގައި އޮތް މުނާސަބަތެއްގައި ބޭއްވި މިއުޒިކަލް ޑްރާމާގެ ވީޑިއޯއެކެވެ. މި ޑްރާމާގައި އިނގިރޭސި ބަހުން ވަރަށް ފުރިހަމައަށް ހުށަހަޅައިދީފައި ވާއިރު، ކެރެކްޓާ ކުޅެދީފައި ވަނީ ވަރަށް މޮޅަށެވެ. އަދި މިޑްރާމާއިން އަރަދިޔާގެ ލަވަ ކިއުމުގެ ހުނަރު ވެސް ދައްކާލަ އެވެ.

އަރަދިޔާގެ އެކްޓިން ފަހުރުވެރިކަމާ އެކު އައިޝްވަރިޔާ ބަލަން އިންނަ މަންޒަރު ވެސް މި ވީޑިއޯއިން ފެނެ އެވެ. އަދި އާއިލާގެ އެހެން މީހުން ވެސް ގޮސް ތިއްބެވެ.

މި ވީޑިއޯއަށް ގިނަ ބަޔަކު ކޮމެންޓުކޮށް އެހެން އެކްޓަރުންގެ ދަރިން ވެސް އަރަދިޔާ ކައިރިން ދަސްކުރަން ޖެހޭ ކަމަށް ބުނެފައި ވެ އެވެ. އަދި އަރަދިޔާ އާއި އައިޝްވާރިޔާގެ އަޑު ވައްތަރުކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ.

ކޮމެންޓު ކުރި މީހުން ބުނީ އައިޝްވާރިޔާ އާއި އަބީޝެކް ފަދަ ކުޅަދާނަ ދެ އެކްޓަރުންގެ ދަރިއެއްގެ ކިބައިން މި ފަދަ މޮޅު އެކްޓިންއެއް ފެނުމުން ހައިރާން ނުވާ ކަމަށެވެ.