15 ޑިސެމްބަރ 2023 - 09:47

މަޝްހޫރު އެކި ބްރޭންޑުތަކުގެ އަވި އައިނާއި ނަމްބަރު އައިނު ވިއްކާ "ވިޝަން އޮޕްޓިކަލްސް"ގެ ހާއްސަ ސީޒަނަލް އޮފާއެއް ތައާރަފްކޮށްފި އެވެ.

މި އޮފާގެ ދަށުން އެ ފިހާރައިން ހައްދާ ކޮންމެ ނަމްބަރު އައިނަކަށް އަދި ގަންނަ ކޮންމެ އޮރިޖިނަލް ރޭބަން އަވިއައިނަކުން 15 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. މި އޮފާ ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.
ވިޝަން އޮޕްޓިކަލްސްއިން ބުނި ގޮތުގައި އެ ފިހާރައިން ދުނިޔޭގެ އެންމެ ފުރަތަމަ ޕްރޮގްރެސިވް ޕްރިސްކްރިޕްޝަން ލެންސް ހެދި ފްރާންސްގެ އެސިލޯ ކުންފުނީގެ ލެންސު ހެއްދޭނެ ކަމަށެވެ. މިއީ ސާފުކުރަން ފަސޭހަ، ފެންހަރުނުލާ، އަވަހަށް ފުސްކަން ފިލާ، އަތްވަށް ނުކުތުމުން ހިނދުކޮޅެއްގެ ތެރޭގައި ކުލަ ބަދަލުވާ، ބްލޫކަޓް ފިލްޓާ ލީ ލެންސެއް ކަމަށް ފާހަގަކުރެ އެވެ. މިއީ ނަމްބަރު އައިނުތަކަށް އެންމެ އެކަށީގެންވާ އެއް ލެންސުގެ ގޮތުގައި ވެސް އެ ފިހާރައިން ފާހަގަކުރެ އެވެ.
ވިޝަން އޮޕްޓިކަލްސްއިން ބުނީ އެ ފިހާރައިން މަޝްހޫރު އެކި ބްރޭންޑުތަކުގެ އިރިޖިނަލް އަވި އައިނާއި ނަމްބަރު އައިނުގެ ފްރޭމް ލިބޭނެ ކަމަށެވެ. އަދި އެކި ކުލަތަކާއި ޓްރާންސްޕޭރަންޓު ޕްރިސްކްރިޕްޝަން ކޮންޓެކްޓް ލެންސުވެސް ހެޔޮ އަގުތަކެއްގައި އެ ފިހާރައިން ލިބޭނެ ކަމަށް ބުންޏެވެ.
ވިޝަން އޮޕްޓިކަލްސްގެ ދެ ފިހާރަ މާލޭގައި އަދި އެއް ފިހާރަ ހުޅުމާލޭގައި ހުރެ އެވެ.