އިންޑިއަން އައިޑޮލްގެ ލޯފަން ލަވަކިޔުންތެރިޔާގެ ލަވައެއް "ސަލާރު" ގައި
އިންޑިއަން އައިޑޮލްގެ ލޯފަން ލަވަކިޔުންތެރިޔާގެ ލަވައެއް "ސަލާރު" ގައި

މި މަހު ނެރެން ހަމަޖެހިފައިވާ ބޮލީވުޑް ފިލްމު "ސަލާރް" ގައި، އިންޑިއަން އައިޑަލްއިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މެނޫކާ ޕައުޑެލްގެ ލަވައެއް ހިމެނޭ ކަމަށް އިއުލާނުކޮށްފި އެވެ.

މި ކަން ހާމަކުރީ އިންޑިއަން އައިޑޮލްގެ އެންމެ ފަހު އެޕިސޯޑްގައި، ޝޯގެ ހޯސްޓެވެ. އޭގެ ފަހުން މެނޫކާ ވެސް އޭނާގެ ސޯޝަލް މީޑިއާގައި މި ހަބަރު ވަނީ ހިއްސާކޮށްފަ އެވެ.

މެނޫކާ ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައި ވަނީ ފިލްމު "ސަލާރް" ގައި އޭނާގެ ލަވައެއް ހިމެނޭ ކަމަށާއި މި ފުރުސަތަކީ އޭނާގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ފުރުސަތު ކަމަށެވެ. އަދި މިއީ އިންޑިއަން އައިޑޮލްގެ ސީޒަން 14 އިން އޭނާއަށް ލިބުނު ތަރުހީބާއި ލޯބީގެ ސަބަބުން ލިބުނު ފުރުސަތެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އޭނާގެ ޕޯސްޓުގައި ފިލްމުގެ ޑައިރެކްޓާ ޕްރަޝާންތު ނީލް އާއި ފިލްމުގެ މިއުޒިކް ހެދި ރަވީ ބަސްރޫރަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ،

ފިލްމު "ސަލާރް" ރިލީޒްކުރާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. މި ފިލްމުގެ ލީޑުން ފެންނާނީ ޕްރަބާސް އެވެ. މި ފިލްމުގެ ޓްރެއިލާ މިހާރު ނެރެފައި ވާއިރު، އެއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.