14 ޑިސެމްބަރ 2023 - 13:55

ވިލާ ކޮލެޖުގެ "އޯޕަން ޑޭ" އާއި "ކެރިއާ ފެއާ" މާދަމާ އޮންނާނެ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
އެ ކޮލެޖުން ބުނި ގޮތުގައި މި އިވެންޓުގައި އަންނަ ޖެނުއަރީ އިންޓޭކުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މައުލޫމާތު ދިނުމާއި ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުން ކުރިއަށް ދާނެ އެވެ. އަދި ކޯހަށް ހޮވުނުކަމުގެ ލިޔުން ވަގުތުން ދިނުމާއި ކޯހަށް ރަޖިސްޓްރީވުމުގެ އިންތިޒާމުތައް ވެސް އެ އިވެންޓުގައި ހަމަޖައްސާފައިވާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.
އެ ކޮލެޖުން ބުނީ މި އިވެންޓުގައި ކޯސްތަކުގެ ލެކްޗަރާއިންނާ ބައްދަލުކުރުމުގެ ފުރުސަތާއި މިހާރު އެ ކޯސްތައް ހަދަމުން އަންނަ ދަރިވަރުންނާ ބައްދަލުކޮށް އެ ކުދިންގެ ތަޖުރިބާ އޮޅުން ފިލުވުމުގެ ފުރުސަތު ވެސް މި އިވެންޓުން ލިބޭނެ ކަމަށެވެ.
މި އިވެންޓުގައި ވިލާ ކޮލެޖުގެ ކިޔަވާ ދިނުމުގެ ވައްޓަފާޅި ތަޖުރިބާކުރެވޭނެ ގޮތަށް އެކި ކޯސްތަކުގެ ޑެމޯ ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ. މި ކްލާސްތަކަކީ ހިލޭ ބައިވެރިވެވޭނެ ކްލާސްތަކެއް ކަމަށާއި މި ކްލާސްތަކަކީ ކޯސްތަކުގެ މުގައްރަރުގެ ތެރެއިން ވީހާވެސް ގިނަ ދަރިވަރުން ޝައުޤުވެރިވާނެ ފަދަ ޓޮޕިކްތަކަށް ސަމާލުކަން ދީގެން ބާއްވާ ކްލާސްތަކެއް ކަމަށް އެ ކޮލެޖުން ބުންޏެވެ.
މި ކްލާސްތަކުގެ ޝެޑިއުލްތަކަކީ:
- 20:00 އިން 21:00އަށް ސައިކޮލޮޖީ ދާއިރާގެ ސެލްފް އެސްޓީމް އެންޑް ރިސާރޗް އަދި ބައޮލޮޖިކަލް ސައިކޮލޮޖީ ކްލާސް
- 21:00 އިން 22:00 އަށް ޓީޗިން ގެ ދާއިރާއިން ޖެނެރަލް މެތެމެޓިކްސް ކްލާސް
- 17:00 އިން 18:00 އަށް އިންޖިނިއަރިން ދާއިރާގެ ސެންސިން ދަ ވޯލްޑް: ސެންސާރޒް އިން ޑޭ ޓު ޑޭ ލައިފް ކްލާސް
- 21:00 އިން 22:00 އަށް އިންޖިނިއަރިން ދާއިރާގެ އާޑުއިނޯ އޯސަމްނަސް: ޑައިވް އިންޓު ރޮބޮޓިކްސް ކްލާސް
- 20:00 އިން 21:00 އަށް އިންޖިނިއަރިން ދާއިރާގެ އިންޖިނިއަރިން ސިމިއުލޭޝަން އަދި މެކޭނިކަލް ލެބް އެކްސްޕީރިއަންސް ކްލާސް
- 18:30 އިން 19:30 އަށް ޗައިނީޒް ލެނންގުއެޖް ދާއިރާއިން ހެލޯ ޗައިނީޒް ކްލާސް
އޯޕަން ޑޭގައި ކުރިއަށް ބޭއްވުމަށް ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި އާއްމުންނަށް ހުޅުވާލައިގެން ގާނުނީ ފަރާތްތަކާއި ބައްދަލުކޮށް ިލޭ ގާނޫނީ ލަފާ ފޯރުކޮށްދޭ ލޯ ކްލިނިކެއް ހުންނާނެ އެވެ. އަދި އާއްމު ސިއްހީ ހާލަތު ދެނެގަތުމަށް އާއްމުންނަށް ހުޅުވާލައިގެން ހެލްތް ސްކްރީން ކުރުން ވެސް އޮންނާނެ އެވެ. އަދި މި އިވެންޓުގައި ދަރިމައިވުމުގެ ސިއްހަތާ ގުޅޭ ގޮތުން އާއްމު މައުލޫމާތު ހިއްސާކޮށް ޕީރިއަޑް، ބްރެސްޓް ކެންސަރު، ސާވިކަލް ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރުގެ މައުލޫމާތު ވެސް ހިއްސާކުރުން އޮންނާނެ އެވެ.
މި އިވެންޓުގައި "ކެރިއާ ފެއާ"ގެ ހަރަކާތެއްގެ ގޮތުން ވިލާ ކޮލެޖުގެ އިންޑަސްޓްރީ ޕާޓްނަރުން ހުރި ވަޒީފާގެ ފުރުސަތުތަކާއި ބެހޭ މައުލޫމާތުތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ކްރޯ މޯލްޑިވްސް، އާންސްޓް އެންޑް ޔަންގް، ޔުނިވާސަލް ރިސޯޓްސް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް، ވިލާ ގްރޫޕް، ސީ ޓީ އެލް ސްޓްރެޓެޖީސް، އެމްޓީސީސީ، ެފްއެސްއެމް އަދި ވެމްކޯ ހިމެނެ އެވެ.
ވިލާ ކޮލެޖުގައި އޮންނަ މި އިވެންޓުގައި މަޖާ ކުޅިވަރުގެ އެކި ހަރަކާތްތައް ވެސް ކުރިއަށް ދާނެ އެވެ.
މި އިވެންޓު އޮންނާނީ މާދަމާ 4:00 އިން ރޭގަނޑު 10:00 އަށް ވިލަ ކޮލެޖުގަ އެވެ.