ބްރުކްލިން ނައިން-ނައިންގެ ކެޕްޓަން ހޮލްޓް މަރުވެއްޖެ
ބްރުކްލިން ނައިން-ނައިންގެ ކެޕްޓަން ހޮލްޓް މަރުވެއްޖެ

ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ސިޓްކޮމް "ބްރުކްލިން ނައިން-ނައިން" ގެ ކެޕްޓަން ރޭމަންޑް ހޮލްޓްގެ ރޯލް އަދާކުރި ތަރި އަންޑްރޭ ބްރޯއާ ހޯމަ ދުވަހު މަރުވެއްޖެ އެވެ.

ބްރުކްލިން ނައިން-ނައިންގެ ކެޕްޓަން ހޮލްޓް މަރުވެއްޖެ
ބްރުކްލިން ނައިން-ނައިންގެ ކެޕްޓަން ހޮލްޓް މަރުވެއްޖެ

އަންޑްރޭގެ މަރުގެ ހަބަރު، އޭނާގެ ޕަބްލިސިސްޓު ކަށަަވަރުކޮށްދިނުމާ އެކު ބްރުކްލިން ނައިން-ނައިން ޓީވީ ޝޯގެ ފޭނުންނާއި އަންޑްރޭގެ ފޭނުން އަދި އޭނާއާ އެކު މަސައްކަތްކޮށްފައިވާ އެކި ފަންނާނުން ވަނީ ހިތާމަފާޅުކޮށް ޕޯސްޓުތައް ކޮށްފަ އެވެ.

ބްރުކްލިން ނައިން-ނައިންގެ ކެޕްޓަން ހޮލްޓް މަރުވެއްޖެ
ބްރުކްލިން ނައިން-ނައިންގެ ކެޕްޓަން ހޮލްޓް މަރުވެއްޖެ

އުމުރުން 61 އަހަރުގައި މަރުވި އަންޑްރޭ ވަނީ 1990ގެ ކުރީކޮޅުން ފެށިގެން ގިނަ ރޯލުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ. އޭނާގެ އެކްޓިން ކެރިއަރުގައި ކުޅެފައިވާ ގިނަ ރޯލުތަކަކީ ޕޮލިސް އޮފިސަރުންގެ ރޯލުތަކެވެ. އޭގެ ތެރޭގައި އެންބީސީގެ ސީރީޒް "ހޮމަސައިޑް: ލައިފް އޮން ދަ ސްޓްރީޓް" ހިމެނެ އެވެ.

އޭނާގެ އެންމެ މަގުބޫލު ރޯލު ކުޅުނު ބްރުކްލިން ނައިން-ނައިން އަކީ މި ފަހުން އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބުނު ސިޓްކޮމް އެވެ. މި ސިޓްކޮމްގައި އަންޑްރޭ ކުޅެފައި ވަނީ ޕޮލިސް ސްކޮޑެއްގެ ކެޕްޓަނެއްގެ ރޯލެވެ. މި ރޯލަކީ އޭނަގެ އެންމެ "އައިކޮނިކް" ރޯލުކަމަށް އޭނާގެ ފޭނުން ބުނެ އެވެ.