43 އަހަރުގެ ހިދުމަތަށްފަހު ސުލްތާނާ މިސްގެ ވަދާއީ ސަލާން؛ އެންމެން ރޮއްވާލައިފި
43 އަހަރުގެ ހިދުމަތަށްފަހު ސުލްތާނާ މިސްގެ ވަދާއީ ސަލާން؛ އެންމެން ރޮއްވާލައިފި

ނ. ވެލިދޫގައި ހުންނަ އެ އަތޮޅުގެ ތައުލީމީ މަރުކަޒަށް 43 އަހަރު ދުވަހު ހިދުމަތް ކުރެއްވި ޓީޗަރު، ސުލްތާނާ މޫސާ ވަޒީފާއިން މިއަދު ރިޓަޔާކުރައްވައިފި އެވެ.

43 އަހަރުގެ ހިދުމަތަށްފަހު ސުލްތާނާ މިސްގެ ވަދާއީ ސަލާން؛ އެންމެން ރޮއްވާލައިފި
43 އަހަރުގެ ހިދުމަތަށްފަހު ސުލްތާނާ މިސްގެ ވަދާއީ ސަލާން؛ އެންމެން ރޮއްވާލައިފި

ސުލްތާނާ ވަޒީފާއިން ރިޓަޔާކުރެއްވުމުން މިއަދު ވަނީ އެ ސްކޫލްގައި އޭނާއަށް ހާއްސަ ވަދާއީ ސަލާމެއް ވެސް ބާއްވައިފަ އެވެ. މި ވަދާއީ ސަލާމުގައި ވަނީ އެ ސްކޫލްގެ ހުރިހާ ޓީޗަރުންނާއި މުވައްޒަފުން ބައިވެރިވެފަ އެވެ.

43 އަހަރުގެ ހިދުމަތަށްފަހު ސުލްތާނާ މިސްގެ ވަދާއީ ސަލާން؛ އެންމެން ރޮއްވާލައިފި
43 އަހަރުގެ ހިދުމަތަށްފަހު ސުލްތާނާ މިސްގެ ވަދާއީ ސަލާން؛ އެންމެން ރޮއްވާލައިފި

އޭނާ އަކީ އެ ސްކޫލްގެ ކީ ސްޓޭޖުގެ ދަރިވަރުންނަށް ދިވެހި އަދި އިސްލާމް ކިޔަވައިދިން ޓީޗަރެކެވެ.

43 އަހަރުގެ ހިދުމަތަށްފަހު ސުލްތާނާ މިސްގެ ވަދާއީ ސަލާން؛ އެންމެން ރޮއްވާލައިފި
43 އަހަރުގެ ހިދުމަތަށްފަހު ސުލްތާނާ މިސްގެ ވަދާއީ ސަލާން؛ އެންމެން ރޮއްވާލައިފި

ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު ނިޒާރު "މިހާރު" އަށް ވިދާޅުވީ ސުލްތާނާ ވަޒީފާއިން މިއަދު ވަކިވެވަޑައިގަތީ ދައުލަތުގެ ރިޓަޔަމަންޓް އުމުރު ހަމަވާތީ ކަމަށެވެ. އަދި ސުލްތާނާ އަކީ އެ ސްކޫލަށް އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވި މުވައްޒަފު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

43 އަހަރުގެ ހިދުމަތަށްފަހު ސުލްތާނާ މިސްގެ ވަދާއީ ސަލާން؛ އެންމެން ރޮއްވާލައިފި
43 އަހަރުގެ ހިދުމަތަށްފަހު ސުލްތާނާ މިސްގެ ވަދާއީ ސަލާން؛ އެންމެން ރޮއްވާލައިފި

އޭނާ ވިދާޅުވީ ސުލްތާނާ އަކީ ސްކޫލްގެ އެހެން މުވައްޒަފުންނާއި ޓީޗަރުންނާއި ދަރިވަރުން އަދި ބެލެނިވެރިންނާ ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި ޓީޗަރެއް ކަމަށެވެ. އެހެންވެ، ސްކޫލަށް އަގުހުރި ގިނަ ހިދުމަތްތަކެއް ގިނަ ދުވަސްތަކެއް ވަންދެން ކޮށްދެއްވި ސުލްތާނާ ވަޒީފާއިން ވަކިވެވަޑައިގަތުމުން ރަށުގެ އެންމެންނަށް ވެސް ވަރަށް ފުން އަސަރެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

43 އަހަރުގެ ހިދުމަތަށްފަހު ސުލްތާނާ މިސްގެ ވަދާއީ ސަލާން؛ އެންމެން ރޮއްވާލައިފި
43 އަހަރުގެ ހިދުމަތަށްފަހު ސުލްތާނާ މިސްގެ ވަދާއީ ސަލާން؛ އެންމެން ރޮއްވާލައިފި

ސުލްތާނާގެ ވަދާއީ ސަލާމުގައި އޭނާ ސްކޫލްގެ މުވައްޒަފުންނާ ސަލާންކުރައްވަމުން ގެންދެވި އިރު، އޭނާ އަށް ވެސް ހުރީ ރޮވިފަ އެވެ. އަދި ސްކޫލްގެ ބައެއް މުވައްޒަފުންނަށް ވެސް ރޮވިފައި ތިބި މަންޒަރު ފޮޓޯތަކުން ފެނެ އެވެ.

ނިޒާރު ވިދާޅުވީ ސްކޫލްގައި މިއަދު ބޭއްވި ވަދާއީ ސަލާމަކީ ސްކޫލް މުވައްޒަފުންގެ ރިކްރިއޭޝަނަލް ކްލަބުން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތެއް ކަމަށެވެ.

"މިއަދަކީ ސުލްތާނާ މިސް ސްކޫލްގައި ކިޔަވައިދޭ އެންމެ ފަހު ދުވަހަށް ވުމުން، ސްކޫލް ނިންމައިފައި، ހަތްކޮޅުގައި، އިއްޒަތުގައި، ސްކޫލުން ގެއަށް މިސް ގެންދިޔައީ،" އޭނާ ވިދާޅުވި އެވެ.

"ސުލްތާނާ މިސް އަކީ ހުރިހާ ސްޓާފުންނާ ވެސް، ކޮންމެ އުމުރުފުރައެއްގެ މީހަކާ ވެސް ވަރަަށް ގާތް ގުޅުމެއް ބޭއްވި، ވަރަށް ރައްޓެހިކޮށް އުޅުއްވި ބޭފުޅެއް. ދަރިވަރުންނާއި ބެލެނިވެރިންގެ ވެސް ވަރަށް ލޯބި ލިބިފައިވާ ބޭފުޅެއް. ހުރިހާ ކުދިން ވެސް ބައިވެރިކޮށްގެން މަސައްކަތް ކުރެއްވި ޓީޗަރެއް އަދި ހާއްސަކޮށް ދަށް ލެވަލްގެ ދަރިވަރެއް ވެސް ބާކީވިޔަ ނުދޭނެ."

ނިޒާރު ވިދާޅުވީ ސުލްތާނާ އަކީ ތައުލީމީ ދާއިރާއިން އަމިއްލަ އަށް ކުރިއަށް ދިއުމަށް ވެސް ވަރަށް ބުރަ މަސައްކަތް ކުރެއްވި ޓީޗަރެއް ކަމަށެވެ. އަދި ދަރިވަރުންނަށް އުނގަންނައިދިނުމަށް އަމިއްލަ އިސްނެގުމުގެ މަތިން ވެސް ވަރަށް ގިނަ ކަންކަން ކުރެއްވި ޓީޗަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ސުލްތާނާ މިސް އަކީ މުޅި ސްކޫލާއި މުޅި ރަށް ވެސް ފަހަރުވެރިވާ، އަގުހުރި ހިދުމަތްތެރިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.