ޕާޓީތައް ވަކިން މަޖިލީހުގެ ތަޅުމުގައި ތިބޭ ގޮތަށް ފާހެއް ނުވި
ޕާޓީތައް ވަކިން މަޖިލީހުގެ ތަޅުމުގައި ތިބޭ ގޮތަށް ފާހެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ތިއްބަވާ ތަރުތީބު ބަދަލުކޮށް، ޕާޓީތައް ވަކިން ތިބޭ ގޮތަށް ބަދަލު ގެންނަން ނުފެންނަ ކަމަށް މެމްބަރުންގެ އަޣުލަބިއްޔަތުން މިއަދު ނިންމަވައިފި އެވެ.

މެމްބަރުން މިހާރު މަޖިލީހުގައި ތިއްބަވަނީ މާލޭގެ މެމްބަރުން ކުރީ ގޮނޑިބަރިތަކުގައި ތިއްބެވުމަށް ފަހު ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް ހުރި ދާއިރާތަކުގެ މެމްބަރުން ތަރުތީބުން ތިއްބަވާ ގޮތަށެވެ.

އެ ތަރުތީބު ބަދަލުކޮށް، ތަޅުމުގައި ޕާޓީތައް ވަކިން ތިބޭ ގޮތަށް މަޖިލީހުގެ އާންމު ކޮމެޓީއަށް ހުށަހަޅައި ކޮމިޓީން ފާސްކޮށްފައި އޮންނަތާ ތިން އަހަރު ވެއްޖެ އެވެ.

ތަޅުމުގައި މެމްބަރުން ތިއްބަވާ ތަރުތީބު ބަދަލުކުރަން ނުފެންނަ ކަމަށް މިއަދު ފާސްކުރީ އެ ކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގަތް 42 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބަދަލު ގެންނަން ފެންނަ ކަމަށް ދެ މެމްބަރުން ވޯޓު ދެއްވި އެވެ.

ޕާޓީތައް ވަކިން ތިބުމަކީ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ވެސް އޮންނަ ގޮތެކެވެ. އެމެރިކާގައި ކޮންގްރެސްގެ ތަޅުމުގެ ކަނާތް ފަރާތް ޑިމޮކްރަޓުންނަށް އަދި ވާތް ފަރާތް ރިޕަބްލިކަން މެމްބަރުންނަށް އޮންނަނީ ހަމަޖައްސައިފަ އެވެ.

އެގޮތަށް މަޖިލީހުގެ މެމްބަރުން ތިއްބަވާ މެމްބަރުންގެ ތަރުތީބު ބަދަލުކުރަން ވަކާލާތު ކުރައްވައި ހުށަހެޅުއްވީ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.