ސަމަންތާ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދައިފި
ސަމަންތާ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދައިފި

ދެކުނު އިންޑިއާގެ ފިލްމުތަކާއި ބޮލީވުޑްގައި ވެސް މަސައްކަތްކުރާ އެކްޓްރެސް ސަމަންތާ ރޫތު ޕްރަބޫ، އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދައިފި އެވެ.

ސަމަންތާގެ ޕްރޮޑަކްޝަން ހައުސް އިއުލާންކުރީ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށެވެ.

އޭނާގެ ޕްރޮޑަކްޝަނަށް ކިޔަނީ "ޓްރަލަލާ މޫވިން ޕިކްޗާސް" އެވެ.

"ޓްރަލާލާ މޫވިން ޕިކްޗާސްގެ އަމާޒަކީ ޒަމާނީ އާ ވިސްނުމާއި ފިކުރު ތަމްސީލުކުރާ ކޮންޓެންޓް އުފެއްދުން. މުޖުތަމައުއާ ގުޅޭ ތަފާތު ކަންކަމަށް ދައުވަތު ދީ، ހިތްވަރުދޭ ތަނަކަށް ވާނެ. އަދި ފިލްމު އުފައްދާ މީހުންނަށް މާނަފުން، ހަގީގީ އަދި އާންމުންނާ ގުޅޭ ވާހަކަތައް ގެނެސްދިނުމުގެ ފުރުސަތު ލިބޭ ޕްލެޓްފޯމަކަށް ވާނެ،" ސަމަންތާ ބުންޏެވެ.

ސަމަންތާގެ ފިލްމަކަށް އެންމެ ފަހުން ނުކުތީ މިދިޔަ ސެޕްޓެމްބަރު މަހު އެކެއްގައި ނުކުތް ތެލުގޫ ފިލްމު "ހުޝީ" އެވެ. އެ ފިލްމަށް ފަހު އޭނާ ވަނީ ބަލިވެ އުޅޭތީ ފިލްމު ކުޅުމުން ބްރޭކެއް ނަގައިފަ އެވެ.

އޭނާގެ ކުރިއަށް އޮތް މަސައްކަތަކީ ރާޖް އެންޑް ޑީކޭ އުފައްދާ ސީރީޒް "ސިޓަޑެލް"ގެ އިންޑިއާ ވާޝަން އެވެ.