ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ލިބިވަޑައިގަތް ތިންވަނަ ބޭފުޅަކަށް ޑިފެންސް ޗީފް އަބްދުއްރަހީމް
ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ލިބިވަޑައިގަތް ތިންވަނަ ބޭފުޅަކަށް ޑިފެންސް ޗީފް އަބްދުއްރަހީމް

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޕްރޮމޯޓް ކުރައްވައިފި އެވެ.

ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ލިބިވަޑައިގަތް ތިންވަނަ ބޭފުޅަކަށް ޑިފެންސް ޗީފް އަބްދުއްރަހީމް
ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ލިބިވަޑައިގަތް ތިންވަނަ ބޭފުޅަކަށް ޑިފެންސް ޗީފް އަބްދުއްރަހީމް

ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް ޑރ. މުއިއްޒު، އަބްދުއްރަހީމަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކު ހަވާލުކޮށްދެއްވިއިރު، މަގާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.

ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ލިބިވަޑައިގަތް ތިންވަނަ ބޭފުޅަކަށް ޑިފެންސް ޗީފް އަބްދުއްރަހީމް
ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ލިބިވަޑައިގަތް ތިންވަނަ ބޭފުޅަކަށް ޑިފެންސް ޗީފް އަބްދުއްރަހީމް

މިއީ މި އަހަރު އަބްދުއްރަހީމަށް ޕްރޮމޯޝަން ލިބިވަޑައިގެންނެވި ދެ ވަނަ ފަހަރެވެ. މޭޖާ ޖެނެރަލެއްގެ ރޭންކަށް އޭނާ ޕްރޮމޯޓުކުރީ ކުރީގެ ސަރުކާރުގައި މިދިޔަ ޖުލައި 25 ގަ އެވެ. އޭގެ ފަހުން ރައީސް ޑރ. މުއިއްޒު މިދިޔަ މަހުގެ 17 ގައި ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ހަމަ އެ ރޭ އަބްދުއްރަހީމަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ދެއްވި އެވެ.

މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމަކީ ދިވެހި އަސްކަރިއްޔާގެ ތާރީހުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާ ހަމައަަށް ވަޑައިގެންނެވި ތިންވަނަ އޮފިސަރެވެ. ލެފްޓިނެންޓް ޖެނެރަލަކީ ސިފައިން ރޭންކްތަކުގެ ތެރެއިން ދެވަނަ އަށް އެންމެ އިސް ރޭންކެވެ. އެންމެ އިސް ރޭންކަކީ ޖެނެރަލް އެވެ.

މީގެ ކުރިން ލެފްޓިނެންޓް ޖެނެރަލް ރޭންކް ލިބިވަޑައިގަތް ބޭފުޅުންނަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަންބަރީ އަބްދުއްސައްތާރާއި ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުﷲ ޝަމާލް އެވެ.