މޯލްޑިވްސް ޒަކާތު ހައުސް: ޒަކާތާ ބެހޭ ހާއްސަ އިދާރާއެއް ހަދަނީ
މޯލްޑިވްސް ޒަކާތު ހައުސް: ޒަކާތާ ބެހޭ ހާއްސަ އިދާރާއެއް ހަދަނީ

ޒަކާތާ ގުޅޭ ކަންކަން ކުރުމަށް "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ހާއްސަ އިދާރާއެއް އުފައްދަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

މޯލްޑިވްސް ޒަކާތު ހައުސް: ޒަކާތާ ބެހޭ ހާއްސަ އިދާރާއެއް ހަދަނީ
މޯލްޑިވްސް ޒަކާތު ހައުސް: ޒަކާތާ ބެހޭ ހާއްސަ އިދާރާއެއް ހަދަނީ

ރައީސް އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ޒަކާތާ ގުޅޭ ކަންކަން މިހާރު އިންތިޒާމުކުރަމުން އަންނަނީ އިސްލާމިކް މިނިސްޓްރީގެ ހާއްސަ ޑިޕާޓްމަންޓެއްގެ ދަށުން ކަމަށެވެ. މި ނިންމުމާ އެކު އެ ޑިޕާޓްމަންޓް ވަކި އިދާރާއެއްގެ ގޮތުގައި ގާއިމްކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަކާތުގެ ކަންކަމަށް ވަކި އިދާރާއެއް ހެދުމުގެ ބޭނުމަކީ ޒަކާތުގެ ގޮތުގައި މިހާރު އެކި މީހުން ދައްކަމުން އަންނަ މިންވަރު އިތުރުކޮށް، އެ ޒަކާތުން ކުރެވޭ މަސައްކަތްތައް އިތުރުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަސައްކަތްތަކުގެ ތެރެއިން، ޒަކާތުގެ ތެރެއިން ހޯދޭ މިންވަރު އިތުރުކޮށް، ހަމައެއާ އެކު، އެ މިންވަރުގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިއަދު ޒަކާތް ލިބިގަންނަ މީހެއްގެ ގޮތުގައި ހުންނަ މީހާ މާދަމާ ޒަކާތް ނެރޭ މީހަކަށް ހެދުން،" ފިރުޒުލް ވިދާޅުވި އެވެ.

ޒަކާތު ފަންޑަށް މިހާރު ލިބޭ މިންވަރު ދެނުގަނަ އިތުރު ކުރުމަށް ވެސް މި އިދާރާ އިން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޒަކާތް ދައްކާ މީހުން ވެސް އިތުރުކޮށް، އޭގެ ނަފާ ޒަކާތް ހައްގުވާ މީހުންނަށް ހޯދައިދިނުމަށް މި އިދާރާ އިން މަސައްކަތް ކުރާނެ ކަމަށެވެ.

ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ މިހާރު ބޭނުންކުރަމުން އަންނަނީ މާ ބޮޑު ނިޒާމީ ވިސްނުންތަކެއް ނުވަތަ ސިޔާސަތުތަކެއް ވެސް ނެތި ކަމަށާއި މި އިދާރާ ގާއިމްކުރުމުން އެ ކަމަށް ވެސް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.