10 ފެބުރުއަރީ 2017 - 12:09

ލީމާ (ފެބްރުއަރީ 10) - ޕެރޫގެ ކުރީގެ ރައީސް އަލެހެންދުރޯ ޓޮލެޑޯ ހައްޔަރު ކުރަން އެ ގައުމުގެ ފަނޑިޔާރަކު އަމުރު ނެރެފި އެވެ.
ޕެރޫގައި 2001 އިން 2006 އަށް ވެރިކަން ކުރެއްވި ރައީސް ހައްޔަރު ކުރަން އަމުރު ނެރެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ 20 މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައަކާ ގުޅިގެންނެވެ. މި ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކޮށްފައި ވަނީ ސަރުކާރުގެ ބައެއް ޕްރޮޖެކްޓްތައް ބްރެޒިލްގެ ކުންފުންޏަކަށް ދީގެންނެވެ.
އަމުރު ނެރުނު އިރު ޓޮލެޑޯ ހުންނެވީ ޕެރޫގައެއް ނޫނެވެ. އެމަނިކުފާން ދިރިއުޅުއްވަނީ އެމެރިކާގަ އެވެ. އަދި މިހާރު ހުންނެވީ ޕެރިހުގަ އެވެ. ޕެރޫގެ މިހާރުގެ ރައީސް ޕެޑްރޯ ޕަބްލޯ ވަނީ ޓޮލެޑޯ ގައުމަށް ވަޑައިގެން ތަހުގީގަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ދާދި ފަހުން ދެއްވި އިންޓަވިއުތަކުގައި ޓޮލެޑޯ ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ރިޝްވަތުގެ މައްސަލައާ ދެކޮޅު ހައްދަވައިފަ އެވެ.
ޕެރޫގެ ކުރީގެ ރައީސް ރިޝްވަތު ނެންގެވި ކަމަށް ބުނާ ބްރެޒިލްގެ ކުންފުނި ވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ މަލްޓި-ނޭޝަނަލް ކޮރަޕްޝަނުގެ މައްސަލައެއްގެ ސަމާލު ކަމަށް އައިސްފަ އެވެ. ލެޓިން އެމެރިކާގެ އެކި ގައުމުތަކުގެ ސަރުކާރުތަކަށް ރިޝްވަތުގެ ގޮތުގައި 800 މިލިއަން ޑޮލަރު ދީފައިވާ ކަމަށް އެ ކުންފުނިން ވަނީ އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި ޕެރޫ ސަރުކާރަށް 2005 އިން 2014 އާ ދެމެދު ދިން 29 މިލިއަން ޑޮލަރުގެ ރިޝްވަތު ވެސް ހިމެނެ އެވެ.