އެމްއެޗްއޭ އަށް "ޑރ. އޮޓްކާ"ގެ ފްރޯޒަން ޕިއްޒާ
އެމްއެޗްއޭ އަށް "ޑރ. އޮޓްކާ"ގެ ފްރޯޒަން ޕިއްޒާ

އެމްއެޗްއޭ އަށް "ޑރ. އޮޓްކާ ރިސްޓޮރަންޓޭ" ބްރޭންޑުގެ ފްރޯޒަން ޕިއްޒާ ތައާރަފްކޮށްފި އެވެ.

އެމްއެޗްއޭއިން ބުނި ގޮތުގައި އެ ފިހާރަ އަށް މި ބްރޭންޑުގެ ނުވަ ވައްތަރެއްގެ ޕިއްޒާ ވަނީ ތައާރަފްކޮށްފަ އެވެ. އަދި މި ޕިއްޒާ އަކީ ރަހަ މީރު ޕިއްޒާތަކެއް ކަމަށާއި ދިވެހިންގެ މެދުގައި މަގުބޫލު ގިނަ ރަހަތަކެއް ހިމެނޭނެ ކަމަށް ބުންޏެވެ.

އެމްއެޗްއޭ އަށް ގެނައި "ޑރ. އޮޓްކާ ރިސްޓޮރަންޓޭ"ގެ ފްރޯޒަން ޕިއްޒާތަކުގެ ތެރޭގައި ހިމެނެނީ:

- 370ގ. ގެ ގްލޫޓަން ފްރީ މޮޒެރެއްލާ ޕިއްޒާ

- 335ގ. ގެ މޮޒެރެއްލާ ޕިއްޒާ

- މަޝްރޫމް ހިމެނޭ 365ގ. ގެ ފުންގީ ޕިއްޒާ

- ހަތަރު ވައްތަރެއްގެ ޗީޒް ހިމެނޭ 340ގ. ގެ ކުއާޓްރޯ ފޮރްމާޖީ ޕިއްޒާ

- 320ގ. ގެ ޕެޕަރޯނީ ޕިއްޒާ

- 295ގ. ގެ މާގަރީޓާ ޕިއްޒާ

- ޓޫނާ ހިމެނޭ 355ގ. ގެ ޓޮނޯ ޕިއްޒާ

- 355ގ. ގެ ހަވާއީ ޕިއްޒާ

- ޗިކަން އެންޑް ޕެޕާ ހިމެނޭ 350ގ. ގެ ޑިވާލޯ ޕިއްޒާ

ފްރޯޒަން ޕިއްޒާ އަކީ ޕެކެޖިންއިން ނަގާ ހަމައެކަނި ފިހެލަން ޖެހޭ އެއްޗެކެވެ. މި ޕިއްޒާގެ ވައްތަރުތައް މާލެ އާއި ހުޅުމާލޭގައި ހުންނަ އެމްއެޗްއޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ލިބެން ހުންނާނެ އެވެ.