ބޮއްސުންލާފައިވާ ކުޅިވަރަށް ރާފިއު ދެއްވާނީ ކޮން ފަރުވާއެއް؟
ބޮއްސުންލާފައިވާ ކުޅިވަރަށް ރާފިއު ދެއްވާނީ ކޮން ފަރުވާއެއް؟

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަކީ، ރާއްޖޭގެ އެންމެ މޮޅު ސްޕޯޓްސް ފިޒީޝަނެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާގައި، މި އަހަރު އޭނާ ވަނީ އެ މަގާމު ދިފާއު ވެސް ކުރައްވައިފަ އެވެ. އެކި ކުޅިވަރުތަކުގައި އޭނާ ކުރެއްވި މަސައްކަތަކީ އެތުލީޓުންގެ އަނިޔާތަކަށް ފަރުވާ ދެއްވުމެވެ. ފަހަރެއްގައި ދެން ފިޒީޝަނުގެ ކިޓް ގަޔަށް މަހައިގެން ކޯޓަށް، ދަނޑަށް އޭނާ ނިކުމެވަޑައިނުގެންފާނެ އެވެ. އެތުލީޓުންނާ ގާތުން މިދިޔަ 12 އަހަރު އޭނާ ކުރެއްވި މަސައްކަތް، މި ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރުކަމުގެ މަގާމާ އެކު ވަނީ ބަދަލުވެފަ އެވެ. ދެން އޮތީ، ފުނޑިފައި އޮތް ކުޅިވަރު ހިންގުމުގެ ނިޒާމަށް ފަރުވާ ދެއްވުމެވެ.

ބޮއްސުންލާފައިވާ ކުޅިވަރަށް ރާފިއު ދެއްވާނީ ކޮން ފަރުވާއެއް؟
ބޮއްސުންލާފައިވާ ކުޅިވަރަށް ރާފިއު ދެއްވާނީ ކޮން ފަރުވާއެއް؟

ދޯހަޅި ހިންގުމުގެ އުސޫލުތަކެއް ގެންގުޅޭ އެސޯސިއޭޝަންތައް އިސްލާހު ކުރައްވަން އޭނާ ވިސްނުންތަކެއް ގެންގުޅުއްވަ އެވެ. ކޮރަޕްޝަން ވަދެފައި އޮތް ހާމަކަމެއް ނެތް ގޮތަށް "ސިއްރުން ކަންތައް" ކުރުމުގެ ސަގާފަތެއް އޮތް އެސޯސިއޭޝަންތައް ޓްރާންސްޕޭރެންޓްކޮށް ހާމައަށް ދެއްކެވުމަކީ އޭނާގެ ޕްލޭންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ބޮއްސުންލާފައިވާ ކުޅިވަރަށް ރާފިއު ދެއްވާނީ ކޮން ފަރުވާއެއް؟
ބޮއްސުންލާފައިވާ ކުޅިވަރަށް ރާފިއު ދެއްވާނީ ކޮން ފަރުވާއެއް؟

ގިނަ އެސޯސިއޭޝަންތައް އޮޑިޓް ނުކުރާ މައްސަލަ އާއި އާދައިގެ ޖަމިއްޔާއަކުން ހަދާހެން މާލީ ރިޕޯޓެއް ހުށަހަޅާލައިގެން ފަރުޖައްސާލާ ގައުމީ އެސޯސިއޭޝަންތައް އެބަ ހުއްޓެވެ. ސަރުކާރުން ދޭ ފައިސާ މާލިއްޔާތު ގާނޫނާ ހިލާފަށް ބައެއް އެސޯސިއޭޝަންތަކުން ހަރަދު ކުރެ އެވެ. ގިނަ އެސޯސިއޭޝަންތަކުގެ ބަޖެޓާއި އަހަރީ ރިޕޯޓް އަދި އަސާސީ ގަވާއިދު ވެސް އޮތީ، އާންމުންނަށް ނުފެންނަ ހެން ސިއްރުން ފޮރުވައިފަ އެވެ.

ބޮއްސުންލާފައިވާ ކުޅިވަރަށް ރާފިއު ދެއްވާނީ ކޮން ފަރުވާއެއް؟
ބޮއްސުންލާފައިވާ ކުޅިވަރަށް ރާފިއު ދެއްވާނީ ކޮން ފަރުވާއެއް؟

މިފަދަ މައްސަލަތައް ހައްލު ކުރުމަށް ރާފިއު ވިސްނުން ގެންގުޅުއްވަނީ ސުލްހަވެރި ކަމާއެކު މަޑުމައިތިރި އުސޫލެއްގެ ދަށުން އެ ފިޔަވަޅުތައް އެޅުމަށެވެ. ޒަމާންތަކެއް ވަންދެން ބޮޑެތި މައްސަލަތައް ހުރި އެސޯސިއޭޝަންތަކުގެ މައްސަލަތައް ވީހާވެސް ކުޑަކުރެވޭނެ ގޮތަކަށް ބައްލަވާނެކަމަށް ރާފިއު ވިދާޅުވި އެވެ.

ބޮއްސުންލާފައިވާ ކުޅިވަރަށް ރާފިއު ދެއްވާނީ ކޮން ފަރުވާއެއް؟
ބޮއްސުންލާފައިވާ ކުޅިވަރަށް ރާފިއު ދެއްވާނީ ކޮން ފަރުވާއެއް؟

"އެއީ ކަންނޭނގެ ކުޅިވަރުގެ އެންމެ ރަނގަޅު އުސޫލަކީ ވެސް،" އޭނާ ވިދާޅުވި އެވެ.

ބޮއްސުންލާފައިވާ ކުޅިވަރަށް ރާފިއު ދެއްވާނީ ކޮން ފަރުވާއެއް؟
ބޮއްސުންލާފައިވާ ކުޅިވަރަށް ރާފިއު ދެއްވާނީ ކޮން ފަރުވާއެއް؟

މަގާމާ ހަވާލުވެ ވަޑައިގެން، ފުރަތަމަ ތިން ހަފުތާ ތެރޭ ރާފިއު ވަނީ ގިނަ އެސޯސިއޭޝަންތަކާ ބައްދަލުކުރައްވައިފަ އެވެ. ކަންކަން ހަމަޔަކަށް އެޅުވުމުގެ މަސައްކަތް އޭނާ ފެއްޓެވީ އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތައް އަޑު އައްސަވައިގެންނެވެ. އެޔާ އެކު އެ އެސޯސިއޭޝަންތަކުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ގަވާއިދުން ފުރިހަމަ ކުރުމަށް އިލްތިމާސް ކުރައްވަމުން ގެންދަވާ ކަމަށް ރާފިއު ވިދާޅުވި އެވެ.

ބޮއްސުންލާފައިވާ ކުޅިވަރަށް ރާފިއު ދެއްވާނީ ކޮން ފަރުވާއެއް؟
ބޮއްސުންލާފައިވާ ކުޅިވަރަށް ރާފިއު ދެއްވާނީ ކޮން ފަރުވާއެއް؟

"އަޅުގަނޑު އަބަދު ވެސް ތަކުރާރުކޮށް ދަންނަވާކަމެއް އެ ބޭފުޅުން [އެސޯސިއޭޝަންތަކު] ގެ އެޑްމިނިސްޓްރޭޓިވް ކަންތައްތައް ބަރާބަރަށް ހަމަޖެއްސުން،" ރާފިއު ވިދާޅުވި އެވެ.

"... ކަންކަން މަޑުޖައްސައިފަ ޑޮކިޔުމެންޓް ހުށަހެޅުން މަޑުޖައްސައިފަ އެހެން ބެހެއްޓީމަ ވާގޮތަކީ އެ ކަލެކްޓްވެގެން ގިނަ ދުވަސްވީމަ ބޮޑު މައްސަލައަކަށް ވެގެންދަނީ. އެހެންވީމަ އެކަންކަން އެ ކުރަން އޮންނަ ވަގުތަކަށް ކުރުން (މުހިންމު ވަނީ)."

ރާފިއު ވިދާޅުވީ، އެސޯސިއޭޝަންތަކުން، އެކަމަށް ވަރަށް "ޕޮޒިޓިވް ރެސްޕޯންސެއް" ލިބިވަޑައިގަތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަތައް ދިމާވެފައި ހުރީ ކުޅިވަރުގެ ރަސްމީ އިދާރާތަކުން ބަރާބަރަށް އެ ކޮމިޔުނިކޭޝަން ދެވިފައި ނޯންނާތީ އެވެ.

ހާމަކަން ބޮޑު ގޮތަކަށް ކަންކަން ގެންދަން ބާރު އެޅުމުގެ ގޮތުން، އެސޯސިއޭޝަންތައް މިނިވަން އޮޑިޓް ފާމްތަކުން އޮޑިޓް ކުރުމުގެ ވިސްނުން އޭނާ ގެންގުޅުއްވަ އެވެ. އެކި އެސޯސިއޭޝަންތަކުގެ ގާބިލުކަން ހުރީ އެކި މިންވަރަށެވެ. އެހެންވެ އޮޑިޓް ފާމެއް ހަމަޖައްސަން ދަތިވާ އެސޯސިއޭޝަންތަކަށް މިނިސްޓްރީން އެހީތެރިވެދޭނެ ކަމަށް ރާފިއު ވިދާޅުވި އެވެ.

"އެކަން [އޮޑިޓް ކުރުން] ރެގިއުލާ ޕްރެކްޓިސް އަކަށް ހެދުން. ހަމަ އިންޑަޕެންޑެންޓް ބައެއް ލައްވާ (އޮޑިޓް ކުރުން)،" ދުނިޔޭގެ ސްވިމިން ފެޑެރޭޝަންގެ ސަބް ކޮމިޓީއެއްގައި ވެސް ކުރިން މަސައްކަތް ކުރެވި ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަވާއިދުން ހުށަހަޅަން ޖެހޭ ރިޕޯޓްތަކާއި ލިޔެކިޔުންތައް ހުށަހަޅަން އެއްވެސް އެސޯސިއޭޝަނަކުން ދެކޮޅު ހަދާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެކަންކަން ނުކުރެވި އަދި ހުށަހެޅުން ލަސްވަނީ އިދާރީ ގާބިލުކަން ވެސް ބައެއް އެސޯސިއޭޝަންތަކުގެ ދަށްވުމުން ކަމަށް ވިދާޅުވި އެވެ.

"ފަހަރުގައި ވެދާނެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކަމަށް ވެސް. އެހެން ވެގެން އަޅުގަނޑުމެން ވަށައި ޖެހޭ ގޮތަކަށް ޕްލޭން ކުރެވިގެންދާ ޕްލެޖްގައި [ސަރުކާރުގެ ވައުދުތަކުގައި] ވެސް މި އޮތީ އެސޯސިއޭޝަން ބާރުވެރި ކުރުވާ ގޮތަށް ބަދަލު ކުރެވިފައި،" ރާފިއު ވިދާޅުވި އެވެ.

ކުޅިވަރުގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތަކާ ބެހޭގޮތުން ދިރާާސާތައް ފެށުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ދިރާސާތައް ހަދައި ރާއްޖޭގެ ކުޅިވަރުގެ ނިޒާމު ބަދަލު ކުރަން، ދިރާސާކޮށް ލަފަޔާ މަޝްވަރާ ހޯދަން ބޭރުގެ ތަޖުރިބާކާރެއްގެ އެކްސްޕަޓީސް ހޯދަން ވަނީ ނިންމައިފަ އެވެ.

އޮލިމްޕިކްސްގައި އެންމެ ކާމިޔާބު ގައުމު އެމެރިކާގެ އޮލިމްޕިކް ޓީމުގައި ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ތަޖުރިބާކާރު ބޭފުޅަކު، އެ މަސައްކަތުގައި އަންނަ މަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރާފިއު ވިދާޅުވި އެވެ.

"ސަކްސަސްފުލުކޮށް އޮލިމްޕިކްސްގައި ނޫނީ ދުނޔޭގެ އެންމެ އުސް ހަރުފަތުގައި މަސައްކަތްކޮށް އެކަމުން ކާމިޔާބު ހޯދާފައި ތިބި ބޭފުޅުންގެ ލަފާގެ ދަށުން އަދި އަޅުގަނޑުމެންގެ އެސޯސިއޭޝަންތަކާ އެހެން ސްޓޭކް-ހޯލްޑަރުންނާ ވާހަކަ ދައްކައިގެން މި ނިޒާމު ގެނައުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދޭ،" ރާފިއު ވިދާޅުވި އެވެ.

"އެކަން އެބަދޭ ކުރިއަށް އެހެންވީމަ އިރާދަކުރެއްވިއްޔާ 14 ހަފުތާ ތެރޭގައި އަޅުގަނޑުމެން ބޭނުންވާ ބްލޫ ޕްރިންޓް. އަޅުގަނޑުމެން މި ބޭނުންވާ މަގު ޗާޓް. އެކުލެވިގެންދާނެ."

ކުރީގެ މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ވަޒީރުކަމުގައި ކުޅިވަރަށް މީހުން ތަމްރީނު ކުރަން ސްޕޯޓްސް އެޑިއުކޭޝަން އިންސްޓިޓިއުޓެއް ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅުގައި އުފެއްދި އެވެ. ހެންވޭރު ބޯޅަގެ އިމާރާތްކޮށް، އެ އިންސްޓިޓިއުޓް ހިންގަން އެތަން ހާއްސަ ކުރި އެވެ. އެއީ އޭރުގެ ނިސްބަތުން އެޅުނު ރަނގަޅު ބިންގަލެކެވެ. ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި 2011 ވަނަ އަހަރު ކެބިނެޓުން ފާސްކޮށް މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) ގެ ނަމުގައި އިދާރާއެއް އުފައްދައި އޭރުގެ ހިޔުމަން ރިސޯސް ޔޫތު އެންޑް ސްޕޯޓްސްގެ ދަށުން ހިންގާ ގޮތަށް ހަމަޖެއްސި އެވެ.

އެކަމަކު އަދިވެސް އެ އިންސްޓިޓިއުޓްގެ ބޭނުން ރާއްޖެ އަށް އެންމެ ރަނގަޅަކަށް ނުހިފެ އެވެ. އެ މުހިންމު އިންސްޓިޓިއުޓް ހުރީ ހެންވޭރު ބޯޅަ ގޭގައި ނަންބޯޑެއް ހަރުކޮށްލާފައި ހަމަ އެކަނި ބައެއް ކުޅިވަރުތަކުގެ ރެފްރީންނާއި ކޯޗުންގެ ކުރު ކޯސްތަކެއް ހިންގާ ތަނެއްގެ ގޮތުގަ އެވެ.

ރާއްޖޭގެ ކުޅިވަރު ހިންގުމުގެ ނިޒާމުގައި އިލްމީ ބޭފުޅުން ނެތް ވާހަކަ އަކީ ކުޅިވަރުގެ އިސް ހިންގުންތެރިން ވެސް ދޭތެރެދޭތެރެއިން ދައްކާ ވާހަކަ އެކެވެ. އަމަލީ ސިފައެއް ނައިސް އޮތް ވާހަކަ އެވެ. ރާފިއު ވިދާޅުވީ އެ އިންސްޓިޓިއުޓް އެހެން ހަރުފަތަކަށް ގެންދަން އޭނާ ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށެވެ.

"ވަރަށް ބޮޑަށް އަޅުގަނޑު އިސްކަން ދެން އެމްއެންއައިއެސް [މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް] އަކީ ވަރަށް މުހިންމު ކޮމްޕޯނަންޓެއް. އަޅުގަނޑުމެންގެ ކުޅިވަރު ޑިވެލޮޕް ކުރުމުގައި،" ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރަކަށް ވަޑައިގަތުމާ ހަމައަށް ސްޕޯޓްސް ކައުންސިލްގެ މެންބަރުކަމުގައި ވެސް ހުންނެވި ރާފިއު ވިދާޅުވީ، އެ އިންސްޓިޓިއުޓް ވާން ޖެހޭނީ ހަމައެކަނި ރެފްރީން ތަމްރީނު ކުރާ ތަނަކަށް ނޫން ކަމަށާއި އެތުލީޓުންނަށް ސަޕޯޓް ދޭން ތިބި ކުޅިވަރުގެ އެކި ރޮނގުރޮނގުން މީހުން ވެސް ތަމްރީނު ކުރަން ކުރަން ޖެހޭ ތަނަކަށް އެ އިންސްޓްޓިއުޓް ވާން ޖެހޭ ކަމަށެވެ.

"ސްކޮލާޝިޕްގައި (ތަމްރީނުތަކަށް) ފޮނުވަން ޖެހޭނީ ހަމައެކަނި އެތުލީޓުން އެކަންޏެއް ނޫން. އެތުލީޓުންނަށް ސަޕޯޓް ކުރާ ބައިވަރު މީހުން އެބަ ބޭނުންވޭ. ޕިރަމިޑެއް ވެއްޖެއްޔާ އޭގެ އެންމެ ކޮޅުގައި މި ތިބެނީ އެތުލީޓުން. އޭގެ ބޭސްގައި މި ތިބެނީ އެތުލީޓުންނަށް ސަޕޯޓް ދޭން ތިބީ މީހުން. އޭގެ ތެރޭގައި ޓެކްނިކަލް މީހުންނާ ބައިވަރު އެހެން މީހުން،" ތަފުސީލުތައް ތިލަކޮށް ދެއްވަމުން ރާފިއު ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ސްޕޯޓް މެނޭޖުމެންޓް އެބަ ހިމޭނެ. ސްޕޯޓްސް ނިއުޓްރިޝަނުން އެބަ ހިމެނޭ. ފިޒިއޮތެރަޕިސްޓުން އެބަ ހިމެނޭ. ކޮންޑިޝަނިން ކޯޗުން އެބަ ބޭނުންވޭ. މިއީ އަޅުގަނޑުމެން ޓްރޭން ކުރަން ޖެހޭ މީހުން. ލޯކަލީ ވެސް މި މީހުން އެބަޖެހޭ ޓްރޭން ކުރަން އަދި ލޯކަލީ ޓްރޭން ކުރާނެ ވަސީލަތް ނެތިއްޔާ އެ ބޭފުޅުން ވެސް އެބަ ފޮނުވަންޖެހޭ އަޅުގަނޑު ދެކޭ ގޮތުގައި (ރާއްޖެއިން) ބޭރަށް."

މަލްޓީ ސްޕޯޓްސް ހައި ޕާފޯމަންސް ޓްރޭނިން ސެންޓަރެއް ރާއްޖޭގައި ބިނާ ކުރުމަކީ ސަރުކާރުގެ މުހިންމު މަސައްކަތަކެވެ. މިނިސްޓަރު ވިދާޅުވީ އެމްއެންއައިއެސް އަކީ ކުޅިވަރުގެ އެންމެ މުހިންމު ކޮމްޕޯނަންޓަށް ވާއިރު ހައި ޕޯފޯމަންސް ސެންޓަރު އަންނާނީ އެ އިންސްޓިޓިއުޓްގެ ދަށަށް ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އެމްއެންއައިއެސްއަކީ ވަރަށް މުހިންމު ތަނެއް ހެން. އެއީ ލޯކަލީ ޓްރޭން ވިޔަސް. އަދި އެތަނުގެ ތެރެއިން ޓެލެންޓް އެކްސްޗޭންޖް ޕްރޮގްރާމެއް އަޅުގަނޑުމެން އެފިލިއޭޓްވާ ގައުމަކަށް ވެސް ފޮނުވައިގެން އެކަން ކުރެވޭނެ ނިޒާމެއް ހަމަޖެއްސުން،" ރާފިއު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެފިލިއޭޓްވާ ބޭރުގެ އިންސްޓިއުޓްތަކުން ޓްރޭނަރުން ގެނެސްގެން ވިޔަސް އެމްއެންއައިއެސް އިން ޓްރޭނިން ގެންދާނީ. ދެން ކޮލެޖެކޭ ވެސް ދެންނެވިދާނެ."

ކުޅިވަރު ހަރުދަނާ ކުރުމުގެ އަނެއް ފިޔަވަޅަކީ، އެސޯސިއޭޝަންތަކަށް އާމްދަނީ ލިބޭނެ ފަދަ ވިޔަފާރި ފުރުސަތުތަކެއް ތަނަވަސް ކުރުމެވެ. އެކަމަށް އުސޫލުތަކެއް ކަނޑައަޅައި މަގު ތަނަވަސް ކުރުން ޕްލޭންގައި ހިމެނޭ ކަމަށް ރާފިއު ވިދާޅުވި އެވެ. އަދި ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ވަކި ކުޅިވަރެއްގެ ކްލަބްތަކަށް އެކަނި ހާއްސަ ކުރުމެއް ނެތް ކަމަށް ރާފިއު ވިދާޅުވި އެވެ. އޭނާ ވިސްނުން ގެންގުޅުއްވަނީ ޓީމު ސްޕޯޓްސްތަކުގެ ކްލަބްތަކަށް ވެސް ފުރުސަތު ލިބޭނެ ގޮތަށް އެ އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ.