ރާއްޖޭގެ ތަރައްގީ އަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅަށް ލަންކާ އިން ތައުރީފް ކޮށްފި
ރާއްޖޭގެ ތަރައްގީ އަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅަށް ލަންކާ އިން ތައުރީފް ކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ ތަރައްގީ އަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ސްރީ ލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ މިއަދު ތައުރީފް ކުރައްވައިފި އެވެ.

ރާއްޖޭގެ ތަރައްގީ އަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅަށް ލަންކާ އިން ތައުރީފް ކޮށްފި
ރާއްޖޭގެ ތަރައްގީ އަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅަށް ލަންކާ އިން ތައުރީފް ކޮށްފި

ރާއްޖެ އާއި ލަންކާއާ ދެމެދު ގުޅުން ބަދަހި ކުރަން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ސަމަރަވީރައާ އެކު ރައީސް ޔާމީން ބޭއްވެވި ބައްދަލުކުރެއްވުމުގައި، މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް އަގުހުރި އަދި ބުރަ މަސައްކަތްޕުޅުތަކެއް ރައީސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެެހެންވެ، އެ މަސައްކަތްޕުޅުތަކަށް އޭނާ ވަނީ ތައުރީފް ކުރައްވައިފަ އެވެ.

ރާއްޖޭގެ ތަރައްގީ އަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅަށް ލަންކާ އިން ތައުރީފް ކޮށްފި
ރާއްޖޭގެ ތަރައްގީ އަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅަށް ލަންކާ އިން ތައުރީފް ކޮށްފި

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް ޔާމީން ވިދާޅުވީ ރާއްޖޭން ލަންކާ އަށް ވަރަށް ބޮޑު އިސްކަމެއް އަބަދު ވެސް ދެމުން އަންނަ ކަމަށެވެ. އެހެންވެ، ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އިން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން މިހާރަށް ވުރެ ވެސް ބަދަހި ކުރެވި ދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މިއަދު ބޭއްވި ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި ވެސް ވަނީ ސިއްހީ އަދި ތައުލީމީ ދާއިރާގެ އިތުރުން ވެސް، އެކި ގޮތް ގޮތުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރަން މަޝްވަރާކޮށްފަ އެވެ. އޭގެ ތެރޭގައި، އިގްތިސާދާއި ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހި ކުރުން ވެސް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެކަމަކު، އެ ބައްދަލުވުމުގެ އިތުރު ތަފްސީލެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

އެންމެ ގިނަ އިން ދިވެހިން ދަތުރު ކުރާ ގައުމަކަށް ލަންކާ ވެފައި ވާއިރު، ގިނަ އަދަދެއްގެ ދިވެހިން އެ ގައުމުގައި ވަޒަންވެރިވެގެން ވެސް އުޅެ އެވެ. އޭގެ ތެރޭގައި ބޮޑަށް ހިމެނެނީ ކިޔެވުމަށާއި ބޭސްފަރުވާ އަށް ގޮސް އުޅޭ ފަރާތްތަކެވެ.

ރައީސް ޔާމީނަށް ލަންކާ އިން ތައުރީފް ކުރިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ވެސް ހުންނެވީ ލަންކާގައި ސިޔާސީ މަސައްކަތްޕުޅު ކުރައްވާށެވެ. އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ނަޝީދު ވަނީ މީގެ ކުރިން ވެސް ލަންކާ އަށް ވަޑައިގެން ސިޔާސީ ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ. ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދު ހައްޔަރު ކުރަން ލަންކާ ސަރުކާރުން އެ ފަހަރު ދެކޮޅު ހެދިއިރު، ނަޝީދު ކުރައްވަނީ ރާއްޖެ އަށް ކޮންމެހެން މުހިއްމު މަސައްކަތްޕުޅުތަކެއް ކަމަށް ވެސް ލަންކާގެ ސަރުކާރުން އޭރު ބުނެފައިވެ އެވެ.