ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑު އައްޔަން ނުކުރީ މައްސަލަ މަޖިލީހުގައި އޮތުމުން: ރާފިއު
ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑު އައްޔަން ނުކުރީ މައްސަލަ މަޖިލީހުގައި އޮތުމުން: ރާފިއު

ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑްގެ މަގާމުތަކަށް މީހުން އައްޔަން ނުކުރީ އެ ކުންފުނި އުވާލަން މަޖިލީހަށް ހުށަހަޅައިފައި އޮތުމުން ކަމަށް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑު އައްޔަން ނުކުރީ މައްސަލަ މަޖިލީހުގައި އޮތުމުން: ރާފިއު
ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑު އައްޔަން ނުކުރީ މައްސަލަ މަޖިލީހުގައި އޮތުމުން: ރާފިއު

ސަރުކާރުގެ އެހެން ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ވަނީ އައްޔަންކޮށްފަ އެވެ. އެކަމަކު ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑުގެ އެއްވެސް މަގާމަކަށް މީހުން އައްޔަނެއް ނުކުރެ އެވެ.

ރާފިއު ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނާ މެދު އަމަލު ކުރާނެ ގޮތެއް ކަނޑައަޅަން އެނގޭނީ މަޖިލީހުން ނިންމާ ގޮތަކުން ކަމަށެވެ. އެކަމަކު އަދި މިހާތަނަށް އެ ކޯޕަރޭޝަން އުވާލަން މަޖިލީހުން ނިންމާފައެއް ނެތެވެ.

"އެކަން ކުރިއަށްދާ ގޮތެއް އެނގުނީމަ ދެން އިތުރަށް ކުރިއަށްގެންދާނީތޯ އުވާލާނީތޯ (ނިންމަން އެނގޭނީ) މަޖިލީހުގައި އޮތް ކަމެއްވީމަ،" ރާފިއު ވިދާޅުވި އެވެ.

ގިނަ ސަރަހައްދުތަކުގައި ގިނަ ދަނޑުތަކާއި އެހެން ކުޅިވަރުތަކުގެ ވަސީލަތްތައް ވެސް އަޅާފައި ހުރި އިރު އެތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ސްޕޯޓްސް ކޯޕަރޭޝަން ފަދަ ކުންފުންޏެއް މުހިންމު ނުވޭތޯ ސުވާލު ކުރުމުން މުހިންމު ކަމަކަށް އަދި ނޫން ކަމަށް ވެސް ރާފިއު ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަންގެ މަސައްކަތްތަ ސްޕޯޓްސް މިނިސްޓްރީ އާއި ސަރުކާރުގެ އެހެން މިނިސްޓްރީތަކުގެ މަސައްކަތާ ފުށުއަރާ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ފުށުއެރުންތަކެއް އެބަހުރި ސްޕޯޓްސް ކޯޕަރޭޝަން ކުރައްވާ ކަންތައްތަކާ މި މިނިސްޓްރީ ނޫނިނިއްޔާ އެލައިން މިނިސްޓްރީތަކުގެ މަސައްކަތްތަކާ،" ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަން ނެތަސް މަސައްކަތްތަކަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަނަކީ 2015 ގައި އަމަލުކުރަން ފެށި ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ އެންމެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު އަބްދު ރައްޒާގު އިބްރާހިމަކީ ސްޕޯޓްސް މިނިސްޓްރީގެ މިހާރުގެ ސްޓޭޓް މިނިސްޓަރެވެ.